ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ކައްދޫ އެއަރޕޯޓް

 މަޤާމް

އިމާމު

 ބޭނުންވާ އަދަދު

1

 މަސައްކަތް ކުރަންޖެހޭތަން

ކައްދޫ އެއަރޕޯޓް

 ތަޢުލީމީ ފެންވަރު

އިމާމުކަމުގެ ކޯހުގެ ސެޓްފިކެޓް އަދި ހުކުރުކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއްކަމުގައިވުން        

 ވަޒީފާގެ މަސްއޫލިއްޔަތު:

  1. މިސްކިތުގައި ބަންގިގޮވައި، ކޮންމެ ދުވަހަކު ފަސް ވަގުތު ޖަމާޢަތުގައި ވަގުތަށް ނަމާދު ކުރުން.
  2. ހުކުރު ނަމާދާއި އަހަރުތެރޭގައި އަންނަ އެހެނިހެން ޚާއްޞަ ނަމާދުތައް ކުރުން.
  3. މިސްކިތާއި މިސްކިތުގެ ވަށައިގެންވާ ސަރަޙައްދު ދުވަހުން ދުވަހަށް ސާފުކޮށް ބެލެހެއްޓުމުގައި އެހީތެރިވުން.
  4. މިސްކިތުގެ އެތެރެ ކުނިކަހައި، މޮޕުލައި، އަދި ހިރަފުސް ފޮޅުންފަދަ ސާފުކުރުމުގެ މަސައްކަތްތަކުގައި އެހީތެރިވުން.
  5. މިސްކިތުގެ ވަސީލަތްތައް ރަނގަޅަށް މަސައްކަތްކުރާކަން ކަށަވަރުކުރުމަށްޓަކައި މަރާމާތުކުރުމާއި މެއިންޓަނަންސްގެ މަސައްކަތްތަކުގައި އެހީތެރިވުން.
  6. އެއަރޕޯޓުގެ ޙަފްލާތަކާއި، ރަސްމިއްޔާތުތަކާއި، އަދި ޚާއްޞަ މުނާސަބަތުތަކުގައި ބޭނުންވެއްޖެ ހިނދެއްގައި ކީރިތި ޤުރުއާން ކިޔެވުން.
  7. މެނޭޖްމަންޓުން ޙަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

އަސާސީ މުސާރަ

  6،500.00 ރުފިޔާ

މުސާރައިގެ އިތުރުން ލިބޭ އިތުރު އެލަވަންސް

 

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 150.00 ރުފިޔާ

 ބޭނުންވާ ލިޔެކިޔުންތަކުގެ ތަފްސީލު:

  1. ޕާސްޕޯޓް ސައިޒުގެ ފޮޓޯ (3 މަސްދުވަހަށްވުރެ ގިނަ ދުވަސްވެފައިނުވާ)
  2. އައިޑީ ކާޑު / ޕާސްޕޯޓުގެ ކޮޕީ
  3. ތަޢުލީމީ / ތަމްރީނު ސެޓްފިކެޓްތައް
  4. ޕޮލިސް ރިޕޯޓު (3 މަސްދުވަހަށްވުރެ ގިނަ ދުވަސްވެފައިނުވާ)
  5. ސީވީ / ވަނަވަރު
  6. ވަޒީފާގެ ރެފަރެންސް ސިޓީ (އެފަދަ ސިޓީއެއް އޮތްނަމަ)

 އެޕްލިކޭޝަން ހުށަހެޅުމުގެ ޕްރޮސެސް: މި ލިންކް މެދުވެރިކޮށް އެޕްލައި ކުރައްވާ -https://forms.gle/XRdwT2M1vxS4XUuJA

 އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި: 19 އޮކްޓޯބަރ 2025 ވާ އާދިއްތަ ދުވަހުގެ 14:00 އަށް.

 ނޯޓު: އިންޓަވިއުއަށް ގުޅާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

 ޤައުމިއްޔަތު: ހަމައެކަނި ދިވެހިން

12 އޮކްޓޫބަރު 2025
ހޯދާ