މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ހިންގާ ހަރަކާތަކަށް ބެކްޑުރޮޕްސް ބެނަރ އަދި ފްލޭގް ޕްރިންޓުކޮށްދޭނެ ފަރާތެއް ހޯދުމަށް

 އިޢުލާން                                                               

 

ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ހިންގާ ހަރަކާތަކަށް ބެކްޑުރޮޕްސް ބެނަރ އަދި ފްލޭގް ޕްރިންޓުކޮށްދޭނެ ފަރާތެއްހޯދުމަށް ކުރި ނަންބަރު (IUL)23-PD(PMS)/23/2025/321 (23 ސެޕްޓެމްބަރ 2025) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ މިއިޢުލާން ބާތިލްކޮށް މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 12 އޮކްޓޯބަރ 2025 ވާ އާދިއްތަ ދުވަހުން ފެށިގެން 21 އޮކްޓޯބަރ 2025 އަންގާރަ ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 27 އޮކްޓޯބަރ 2025 ވާ ހޯމަ ދުވަހުގެ މެންދުރުފަސް 13:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 22 އޮކްޓޯބަރ 2025 ވާ ބުދަ ދުވަހު މެންދުރުފަސް 10:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

                             20 ރަބީޢުލްއައްވަލް 1447ހ.

12 އޮކްޓޫބަރު 2025
ހޯދާ