ދިވެހިރާއްޖެ
ކަރަންޓް ވައިރުކުރުމާއި ކަރަންޓު އިންޖީނު ހިންގާ ބެލެހެއްޓުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ސަރުކާރުން ދޫކުރައްވާ "ކަރަންޓް ވައިރުކުރުމުގެ ހުއްދަ" ލިބޭ މިންވަރަށް ކަރަންޓް ވައިރުކުރުމާއި، ކަރަންޓް އިންޖީނު ހިންގާ ބެލެހެއްޓުމުގެ ޓްރޭނިންގ ޕްރޮގްރާމެއް ކ.ހުރާގައި ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން ގަބޫލުކުރާ ފެންވަރުގެ ސެޓުފިކެޓެއް ދެއްވަންޖެހޭނެއެވެ.
ވީމާ، ދެންނެވި ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ލިބިގެންދާނެ މަޢުލޫމާތާއި ތަމްރީނުތަކުގެ މިންވަރާއި ހޭދަވާނެ މުއްދަތު އެނގޭގޮތަށް ތާވަލެއް ހައްދަވައި އަދި މި ތަމްރީނު ޕްރޮގްރާމް ހިންގައިދެވޭނެ އަގު ބަޔާންކުރައްވާ ޕްރޮޕޯޒަލެއް ތައްޔާރުކުރައްވައި 17 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުގެ 13:30 އަށް މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.
މި ޕްރޮގްރާމް ހިންގުމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް، ހިންގަން ބޭނުންވާ ތަމްރީނާ ބެހޭގޮތުން މަޢުލޫމާތު ދިނުން 05 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މިކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރައްވަން ހާޒިރުވެނުލައްވަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެ ވާހަކަވެސް ދަންނަވަމެވެ.
ކަރަންޓް ވައިރުކުރުމާއި ކަރަންޓު އިންޖީނު ހިންގާ ބެލެހެއްޓުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެދި މި ކައުންސިލުން ކޮށްފައިވާ ނަންބަރު IUL334/334/2015/82 އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެއިޢުލާން ވަނީ ބާޠިލު ކުރެވިފައި ކަމުގައި ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
13 މުޙައްރަމް 1437