ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ށ.މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

މި ކޯޓުން ދޭ މަޢުލޫމާތާއި އެއްގޮތަށް، ށ.މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ. މިމަސައްކަތަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި، ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ނަންބަރު 1/2003)  ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ޖަމާޢަތްތަކަށެވެ.

މިބީލަމުގައި ރަޖިސްޓްރީކުރެއްވުމަށް ގެޒެޓުގައިވާ ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރުއްވުމަށްފަހު 2025 އޮކްޓޯބަރ 15 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން [email protected]  އަށް މެއިލްކުރެއްވުމުން މިބީލަމުގައި ރަޖިސްޓްރީކޮށްދެވޭނެއެވެ.

މިބީލަމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން 2025 އޮކްޓޯބަރ 19 ވާ އާދިއްތަ ދުވަގެ 10:00 ގައި ށ.މިލަންދޫ މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެއެވެ.

މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މިކޯޓުގައި އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

އަންދާސީހިސާބު ބަލައިގަތުން އަދި ބިޑް ހުޅުވުން އޮންނާނީ 2025 އޮކްޓޯބަރ 23 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00ގައި މިކޯޓުގެ މީޓިންގ ރޫމުގައެވެ. ބިޑު ހުށަހަޅާއިރު، ބިޑު އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮން ކަމަކަށް ހުށަހަޅާ ބިޑެއްކަން ލިޔެފައި އޮންނަންވާނެއެވެ. ބިޑު ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ބިޑުތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހު ހެނދުނު 10:00 ގައެވެ.

12 އޮކްޓޫބަރު 2025
ހޯދާ