ދިވެހިރާއްޖެ
އަންދާސީހިސާބު
މިމިނިސްޓްރީގެ ބޭނުމަށް ތިރީގައި ތަފުސީލު ދެވިފައިވާ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު 129/IUL)30-C/1/2015) އިޢުލާނާ ގުޅިގެން 02 ފަރާތުން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންފައިވާތީ މިއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމިނިސްޓްރީއަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިއޮފީހަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެންދެއްވުން އެދެމެވެ.
- 46 ގަނޑު އެކުލެވޭ "ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް" ފޮތުގެ 200 ކޮޕީ ޗާޕުކުރުން
- 253 ގަނޑު އެކުލެވޭ "އަތޮޅުވެށްޓެއްގައި ދަނޑުވެރިކަން ކުރުން" ފޮތުގެ ލޭއައުޓް ޑިޒައިން ކުރުމާއި އަލުން ޓައިޕްކުރުން އަދި 100 ކޮޕީ ޗާޕުކުރުން
އަންދާސީހިސާބު ހުށަހެޅުއްވުމަށް |
މަޢުލޫމާތު ސާފުކުރެއްވުމަށް |
02 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 10:00 އަށް |
29 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް |
މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339211/ 3339239 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.