މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކާބޯތަކެތީގެ މައުރަޒުގައި ބައިވެރިވުމާއިގުޅޭ

މިއަހަރުގެ ކާބޯތަކެތީގެ މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާ މިއިދާރާއިން ކުރި ނަންބަރު (IUL)302-CO/302/2025/54 (25 ސެޕްޓެމްބަރ 2025) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އަލުން އެފުރުޞަތު ހުޅުވާލާ އިޢުލާން ކުރަމެވެ. މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚް ވަނީ 2025 ނޮވެމްބަރ 03 ވާ ހޯމަދުވަހަށް ބަދަލުކުރެވިފައެވެ. މިއަހަރުގެ މައުރަޒުގައިވެސް  އެންމެ ރީތި ސްޓޯލް، އެންމެ ވިޔަފާރި ރަނގަޅު ސްޓޯލް އަދި އެންމެ ގިނަ އައިޓަމް ހިމެނޭ ސްޓޯލް ހޮވިގެން ދާއިރު، ވަނަތައް ހޮވަން ނިންމާފައިވަނީ މުއައްސަސާތަކާއި އާންމުންގެ ބައި ވަކިންނެވެ.

ވީމާ، މިއަހަރުގެ ކާބޯތަކެތީގެ މައުރަޒުގައި ބައިވެރިވެވަޑައިގެންނެވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި ކައުންސިލްގެ 6580069 ނަންބަރު ފޯނަށް ގުޅުއްވައިގެން ނުވަތަ ކައުންސިލްގެ ވައިބަރ ނަންބަރ 7380069 އަށް މެސެޖް ކުރައްވައިގެން ނަން ނޯޓް ކުރެއްވުމަށް ދަންނަވަމެވެ. ނަން ނޯޓް ކުރެއްވުމުގެ ސުންގަޑިއަކީ 2025 އޮކްޓޯބަރ 20 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިންނެވެ.

12 އޮކްޓޫބަރު 2025
ހޯދާ