ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގައި ކުރަންހުރި މިދަންނަވާ މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
1- ދެނަންބަރު ކްލާސްރޫމް ބްލޮކްގެ ކަރަންޓް ވައިރިންގ ބަދަލުކުރުން.
2- ދެނަންބަރު ކްލާސްރޫމް ބްލޮކްގެ ކޮރިޑޯރގައި މުށިޖެހުން.
3- ބޯފެނާއި ފެންވައިރިންގ ނިޒާމު މަރާމާތުކުރުން.
4- ދަރިވަރުންގެ ފާޚާނާތަކުގެ އާބާތުރަ ފިލުވުން.
5- ސްކޫލްގެ ކުލަދަވާދު އާކުރުން
މިމަސައްކަތާ ގުޅޭގޮތުން ހިންގާ މުޢާމަލާތްތައް މިދަންނަވާ ގޮތުގެމަތީން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
| މުޢާމަލާތް | ތަން | ތާރީޚު | ގަޑި | 
| މަޢުލޫމާތު ދިނުން | ޅޮހީ ސްކޫލް | 28 އޮކްޓޫބަރު 2015 (ބުދަ) | މެންދުރުފަހު 13:00 | 
| އަންދާސީހިސާބު ހުށަހެޅުއްވުން | ޅޮހީ ސްކޫލް | 02 ނޮވެންބަރު 2015 (ހޯމަ) | މެންދުރުފަހު 13:00 | 
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ މުޅިމަސައްކަތުގެ ޖުމްލަ އަގު ކަމުގައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6560573 ފޯނާ ގުޅުއްވުން އެދެމެވެ.
07 މުޙައްރަމް 1437
 
                    