މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
އައްޑުއާއި ފުވައްމުލަކުގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް އޮފީސް އިމާރާތެއް ކުއްޔަށް ހިފުމާބެހޭ

އިޢުލާން

އައްޑުއާއި ފުވައްމުލަކުގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް އޮފީސް އިމާރާތެއް ކުއްޔަށް ހިފުމާބެހޭ

އައްޑުއާއި ފުވައްމުލަކުގައި ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް އައްޑޫ ސިޓީ ފޭދޫގެ ބަނދަރު ސަރަޙައްދުން ވަގުތީ އޮފީސް އިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު:113-PRC/I-2015/116 އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، ވަގުތީ އޮފީސް އިމާރާތެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 29 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 11:00 ގެ ކުރިން 3006033 އަށް ގުޅައި މަޢުލޫމާތު ސާފުކުރުމަށްފަހު 29 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 14:00 އަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ލިބިވަޑައިގަންނަވާނެ ގަޑިތަކަކީ ކޮންމެ ދުވަހަކުވެސް ހެނދުނު 8:00 އިން ފެށިގެން 15:30 އާ ހަމައަށެވެ.

13 މުޙައްރަމް 1437

26 އޮކްޓޫބަރު 2015
ހޯދާ