ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން (4 ވަނަ ފަހަރު)
ކޮންޓްރެކްޓް އުސޫލުން އެއްއަހަރުދުވަހުގެ މުއްދަތަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: GS04/IU/2025/26 އާއިގުޅިގެން ދެވުނު މައުލޫމާތު ބަދަލުވުމާއި ގުޅިގެން މިމަސައްކަތަށް ހަތަރުވަނަ ފަހަރަށް އިއުލާން ކުރަމެވެ. މިމަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 18 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ މެންދުރު 02:00 ގެކުރިން އީމެއިލް މެދުވެރިކޮށް މަސަކަތަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރެއްވުމަށް އީމެއިލް ކުރައްވާއިރު ރަޖިސްޓްރީކުރަންބޭނުންވާ ވިޔަފާރީގެނަން، ގުޅޭނޭ ފޯންނަންބަރ އަދި އީމެއިލް އެޑްރެސް ހިމަނުއްވަން ޖެހޭނެއެވެ. މިމަސައްކަތުގެ ޕްރީބިޑް މީޓިންގ އެއް ނޯންނާނެއެވެ. މަސައްކަތުގެ މައުލޫމާތު ކަރުދާސް އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ބިޑް ހުޅުވުން އޮންނާނީ 19 އޮކްޓޫބަރު 2025 ވާ އާދީއްތަ ދުވަހު ހެނދުނު 10:00 ގައި ސްކޫލް އޮފީހުގައެވެ.
އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބޭނެއެވެ.
ތ.އަތޮޅު ތައުލީމާ މަރުކަޒު
ތ.ތިމަރަފުށި، ދިވެހިރާއްޖެ
ފޯން: 6780015/9888770
އީ-މެއިލް: [email protected]