ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ފަރެސްމާތޮޑާ ބޮޑު އަޓިގެ (މައުލޫދު ހަރުގެ) މަރާމާތުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން:

މި އިދާރާގެ ނަންބަރު: (IUL)423/423/2025/67 (25 ސެޕްޓެމްބަރ 2025) އިޢުލާންގެ މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ، މި އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތައް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ވުމައް 2025 އޮކްޓޯބަރ 16 ވަނަދުވަހުގެ 13:00 ގެ ކުރިން "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް މިކައުންސިލްގެ އިދާރާއަށް ހުށައެޅުން އެދެމެވެ. ބިޑް ރަޖިސްޓްރީ ފޯމް [email protected]  މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. މި މަސައްކަތައް ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

v     މިބީލަމާއި ގުޅޭ ބިޑް ފޮތް މިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

v     މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 އޮކްޓޯބަރ 19 ވަނަދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އީ-މެއިލް  އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.

v     މި ބީލަމުގެ ޕްރީ ބިޑް މީޓިން ބެއްވުމަށް ހަމަޖެހިފައި ވަނީ 2025 އޮކްޓޯބަރ 20 ވަނަދުވަހުގެ 13:00ގައި މި ކައުންސިލްގެ އިދާރާގައެވެ.

v     ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2025 އޮކްޓޯބަރ 23 ވާ ބުރާސްފަތި ދުވަހު 13:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.

v     އީމެއިލް: [email protected]

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 އޮކްޓޫބަރު 2025
ހޯދާ