ދިވެހިރާއްޖެ
މި އޮފީހުން ދޭ އިންޓީރިއަރ ޑިޒައިންގ ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި އޮފީހުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- ބީލަމުގައި ރަޖިސްޓަރީވުން: 15 އޮކްޓޫބަރު 2025، ވާ ބުދަ ދުވަހުގެ ހެނދުނު، 10:00 ގެ ކުރިން ތިރީގައިވާ މައުލޫމާތާ އެކު [email protected] އަށް މެއިލްކުރެއްވުމަށް
- ހުށަހަޅާ ވިޔަފާރީގެ ނަން
- ވިޔަފާރި ރަޖިސްޓަރީ ނަންބަރުު
- ގުޅޭނެ ފަރާތުގެ ނަން
- މެއިލް އެޑްރެސް
- ފޯނު ނަންބަރު
- މައުލޫމާތު ދިނުން: 16 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު، 10:00 ގައި
- ބީލަން ހުށަހެޅުމާއި ހުޅުވުން: 21 އޮކްޓޫބަރު 2025 ވާ އަންގަރަ ދުވަހުގެ ހެނދުނު، 00:10ގައި
ވީމާ، މި މަސައްކަތްކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ، ސުންގަޑިއަށް ބީލަމުގައި ރަޖިސްޓަރީ ކުރެއްވުމަށް ފަހު، 21 އޮކްޓޫބަރު 2025 ވާ އަންގާރަ ދުވަހުގެ ހެނދުނު، 10:00 އަށް މި އޮފީހަށް (އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް / ގ. ބިއްލޫރިޖެހިގެއަށް) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓަރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބެއް ހުށައެއް ނޭޅުއްވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލުކުރެވޭނެއެވެ.
ބީލަމާ ގުޅޭ މައުލޫމާތު ކަރުދާހާއި ކުރެހުންތައް މި އިއުލާނާ އެކު އެއްކަރުދާސް ކޮށްފައިވާނެއެވެ.