މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުތޮށީގައާއި އެއްގަމުތޮށީގައި އުޅަނދުފަހަރު އެއްސުމާއި ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި އެޅުމާއި މުދާ އަރުވާ ބޭލުމަށް ފީނެގުމާބެހޭ އުޞޫލު

ކޮޅުތޮށީގައާއި އެއްގަމުތޮށީގައި އުޅަނދުފަހަރު އެއްސުމާއި ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި އެޅުމާއި މުދާ އަރުވާ ބޭލުމަށް ފީނެގުމާބެހޭ އުޞޫލު އާއްމުކުރުން

 

ކޮޅުތޮށީގައާއި އެއްގަމުތޮށީގައި އުޅަނދުފަހަރު އެއްސުމާއި ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި އެޅުމާއި މުދާ އަރުވާ ބޭލުމަށް ފީނެގުމާބެހޭ އުޞޫލު މި އިއުލާނާއެކު އާއްމުކުރީމެވެ.

މި އުސޫލުގެ ދަށުން ފައްތިޔާ އެޅުމަށް ޖާގަ ބޭނުންވާ ފަރާތްތަކުން "ފައްތިޔާ އެޅުމުގެ ހުއްދައަށް އެދޭ ފޯމު" ފުރިހަމަކޮށް 16 އޮކްޓޯބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ކުރިން މި އިދާރާއަށް ފޯމު ހުށައެޅުއްވުން އެދެމެވެ.

 

ބަނދަރާއި ބަނދަރާގުޅޭ ފަޅުގެ ސަރަހައްދު އަދި އެކި ބޭނުންތަކަށް ސަރަހައްދުތައް ކަނޑައެޅިފައިވާ ގޮތުގެ ޗާޓާއި ފައްތިޔާ އެޅުމުގެ ހުއްދައަށް އެދޭ ފޯމު މި އިއުލާނާއެކު އާއްމުކުރީމެވެ. އަދި ފައްތިޔާ އެޅުމުގެ ހުއްދައަށް އެދޭ ފޯމު ރަސްމީ ގަޑީގައި މި އިދާރާއިން ވެސް ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

09 އޮކްޓޫބަރު 2025
ހޯދާ