ދިވެހިރާއްޖެ
އިޢުލާން
ތިމަރަފުށީ ކައުންސިލްގެ އިދާރާގައި އައިޑީ ކާޑު ޔުނިޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
ތ. ތިމަރަފުށީ ކައުންސިލް އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް، ކައުންސިލް އިމާރާތުގައި އައިޑީ ކާޑު ޔުނިޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މި މަސައްކަތާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައިވަނީ 09 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 21:00 ގައި މި އިދާރާގައެވެ. އަދި އަގު ހުށައެޅުން އޮންނާނީ 10 އޮކްޓޫބަރު 2025 ވާ ހުކުރު ދުވަހުގެ ހަވީރު 16:30 ގައި މި އިދާރާގައެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކުރެވިގެން ހިންގާ އަމިއްލަ ފަރާތްތަކުގެ ވިޔަފާރިތަކަށާއި، ކުންފުނިތަކަށާއި، ޖަމިއްޔާތަކަށެވެ.
އަދި މައުލޫމާތު ދިނުމުގެ ސެޝަނަށް ހާޟިރު ނުވާ އެއްވެސް ފަރާތަކުން ހުށައަޅާ އަގު ބަލައެއް ނުގަނެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 6780805 ނަންބަރަށް ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.