ދިވެހިރާއްޖެ
މި އެސޯސިއޭޝަނުގެ އެކުވެނި އެއް ނަންބަރު ބާސްކެޓު ބޯޅަ ކޯޓު ސަރަހައްދުގައި ތަރައްގީކޮށްފައިވާ ކެންޓީނު ހިންގާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ބީލަމުގައި ރަޖިސްޓްރީކޮށް، ބީލަން ހުށަހެޅުމަށް ދަންނަވަމެވެ.
|
ތާރީޙު |
ގަޑި |
ބީލަމުގައި ރަޖިސްޓްރީ ކުރުމުގެ ސުންގަޑި |
18 އޮކްޓޫބަރު 2025 |
16:00 |
ބީލަން ހުށަހެޅުމުގެ ސުންގަޑި |
20 އޮކްޓޫބަރު 2025 |
14:00 |
ބީލަން ހުށަހަޅުއްވާނީ ތިރީގައި ބަޔާންކޮށްފައިވާ މި އެސޯސިއޭޝަނުގެ އެޑްރެހަށެވެ. ބީލަން ތައްޔާރުކުރައްވަން ވާނީ މި އިޢުލާނާއެކު ޝާޢިއުކޮށްފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި ބީލަމުގައި ރަޖިސްޓްރީ ވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
އެޑްރެސް: މޯލްޑިވިސް ބާސްކެޓްބޯޅަ އެސޯސިއޭޝަން
ހ. ރަސްމީ ބޯޅަގެ، 3 ވަނަ ފަންގިފިލާ، އަބަދަށް އުފާ މަގު، މާލެ، ދިވެހިރާއްޖެ
ފޯނު: 3314042 / 9843749
އީމެއިލް: [email protected]