ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ - ހިތަދޫ ކެމްޕަސް

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ހިތަދޫ ކެމްޕަސް 

ގްރޭޑް:

07

ސްޕައިން ޕޮއިންޓް:

31

މަޤާމުގެ މުސާރަ:

މަހަކު 8,850.77 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  3,793.19 ރުފިޔާ

އިނާޔަޔްތައް:

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

- ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35

- ސްޓާފް ހެލްތު އިންޝުއަރެންސް (3 މަހުގެ ޕްރޮބޭޝަން ފުރިހަމަ ކުރުމަށްފަހު).

ވަޒީފާގެ ބާވަތް:

ދާއިމީ

މަގާމުގެ ޝަރުތު:

އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސެރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 01 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ހިތަދޫ ކެމްޕަހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް، ރިސާޗް އެންޑް ޓްރެއިނިންގ ޔުނިޓްގެ އިސްމުވައްޒަފުގެ ހައިސިއްޔަތުން ޔުނިޓްގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގުން.
  2. ހިތަދޫ ކެމްޕަހުގެ ޖެނެރަލް އެޑްމިން ޔުނިޓްގެ އެންމެހާ މަސައްކަތްތައް އެސިސްޓެންޓް ޑައިރެކްޓަރުގެ އިރުޝާދާ އެކު ރާވާ ހިންގުމާއި ސަޕޯޓް ސްޓާފުން ސްޕަރވައިސް ކުރުން.
  3. ކޮންމެ މީލާދީ އަހަރެއް ފެށޭއިރު އެއަހަރެއްގައި ހިންގާނެ ކޯޕަރޭޓް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ފާހަނގަކޮށް ކެމްޕަހުގެ މެނޭޖްމަންޓް ކޮމިޓީއަށް ފާސްކުރަން ފޮނުވަން ތައްޔާރުކުރުން.
  4. ކޯޕަރޭޓް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގުމަށް ކުރަންޖެހޭ އެންމެހާ ތައްޔާރީތައް ކެމްޕަސް މެނޭޖަރުގެ އިރުޝާދުގެ ދަށުން ކުރުން.
  5. ރިސާޗް މަސައްކަތްތައް އަދި ތަމްރީނުތަކާއި ކުރު ކޯސްތައް ކެމްޕަސް މެނޭޖަރުގެ އިރުޝާދުގެ ދަށުން ރާވާހިންގުމުގައި އެހީތެރިވުމާއި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  6. ރިސާޗް މަސައްކަތް ކުރުމުގައި އެކެޑެމިކް މުވައްޒަފުންނަށް އެހީތެރިވުމާއި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  7. ހަމަޖެހިފައި އޮންނަ އުސޫލުތަކާއި އެއްގޮތަށް ހިތަދޫކެމްޕަހުގެ ހަރުމުދަލުގެ އިންވެންޓްރީ ބަލަހައްޓައި އަޕްޑޭޓްކުރަމުން ގެންދިއުން.
  8. ސްޓޮކް އަޕްޑޭޓް ކުރުމާއި ސްޓޮކަށް ތަކެތި ހޯދުމުގެ މަސައްކަތް ކުރުން.
  9. ސްޓާފުންނަށް ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސެޝަންތައް ރާވާހިންގުމުގައި އިސްދައުރެއް އަދާކުރުން އަދި އެކަމާއި ގުޅުންހުރި އެންމެހާ އިދާރީ މަސައްކަތް ކުރުން.
  10. ކެމްޕަހުގައި އުފައްދާ ތަފާތު ކޮމެޓީތަކުގެ އިންތިޒާމްތައް ހަމަޖެއްސުން.
  11. ސިޓީބާޒާރާއި ސިޓީ ބުސްތާނުގެ ކަންތައްތަކުގައި އިސްކޮށް މަސައްކަތްކުރުން. އަދި މިތަންތަނާއި ބެހޭ ކޮމެޓީ މަސައްކަތުގެ ޔައުމިއްޔާއާއި ރިޕޯރޓުތައް ބެލެހެއްޓުން.
  12. އިދާރީ ހިންގުމާއި އަންނަ ސިޓީ މެސެޖް ފަދަ ތަކެއްޗަށް ކެމްޕަސް މެނޭޖަރުގެ މަޝްވަރާ ހޯދައި އަވަސް ގޮތެއްގައި ޖަވާބު ދިނުން.
  13. ކެމްޕަހުގެ އިދާރީ ހިންގުމުގެ ފައިލްތަކާއި މުވައްޒަފުންގެ ޕާސަނަލް ފައިލިންގ ސިސްޓަމް ބެލެހެއްޓުން.
  14. ކެމްޕަސް ފެހިކުރުމާއި ލޭންޑް ސްކޭޕިންއަށް ކުރަންޖެހޭ މަސައްކަތްތައް އެސިސްޓެންޓް ޑައިރެކްޓަރގެ ލަފާގެ މަތިން ކުރުން.
  15. ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭންގައި ފާހަގަކޮށްފައިވާ ލަނޑު ދަނޑިތައް ދެނެގަނެ އޭގެ ތެރެއިން ކެމްޕަސް ގައި ކުރަންޖެހޭ ކަންކަން ކަނޑައެޅުމާއި އެކަންކަން ތަންފީޒް ކުރުމުގައި އިސްވެ ހަރަކާތްތެރިވުމާއި އެހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުން
  16. އެކިއެކި މުނާސަބަތުތަކާއި ގުޅިގެން ކެމްޕަސް ޒީނަތްތެރި ކުރުންފަދަ ކަންތައްތައް އިންތިޒާމްކޮށް ރޭވުން.
  17. ތާވަލް ކުރެވިފައިވާ ގަޑިތަކުގައި އޮފީސް ހުޅުވުމާއި ކިޔެވުން އޮންނަ 14 ހަފްތާގައި، ހަފްތާއަކު އެއްފަހަރު ޑިއުޓީ އަދާކުރުން.
  18. ނުރަސްމީ ގަޑި ތަކުގައި އޮފީސް ހުޅުވަންޖެހޭ ވަގުތު ތަކުގައި ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން އޮފީސް ހުޅުވައި ޑިއުޓީ އަދާކުރުން.
  19. މުވައްޒަފަކު  ޗުއްޓީއަށް ދިއުމުން ވަގުތީ ގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައް ކުރުން.
  20. ކެމްޕަހުގެ ކޯސްތައް އިޝްތިހާރު ކުރުމުގައި ބައިވެރިވުން.
  21. ވަޒީފާއާއި ގުޅޭގޮތުން ކެމްޕަސް މެނޭޖަރ ހަވާލުކުރާ މިނޫންވެސް އެހެން ކަންތައްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2025 އޮކްޓޫބަރު 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNU-HR-2025-HC

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ކޮޕީ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން ސެޓްފިކެޓްތަކުގެ އޮރިޖިނަލްތައް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

** އެޓޭޗް ކުރައްވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި ޕީ.ޑީ.އެފް" ކޮށްފައެވެ.

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345141 ނަމްބަރު ފޯނަށެވެ.
09 އޮކްޓޫބަރު 2025
ހޯދާ