ދުވާފަރު ޕްރައިމަރީ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ސުކޫލުހޯލްގެ ދޮރުފަތްތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ:
- މިސްކޫލުގެ ހޯލް ދޮރުފަތްތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތްކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2025 އޮކްޓޯބަރ 12 ން 2025 އޮކްޓޯބަރ 16 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:
https://forms.gle/LeAJS1HQd4XohsbM6
- ބިޑާއިބެހޭގޮތުން މަޢުލޫމާތު ދިނުން (ޕްރީ ބިޑް މީޓިންގ) 2025 އޮކްޓޯބަރ 19 ވަނަ ދުވަހުގެ މެންދުރު 13:00 ގައި ދުވާފަރު ޕްރައިމަރީ ސުކޫލު އޮފީހުގައި އޮންނާނެއެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 އޮކްޓޯބަރ 26ވަނަ ދުވަހުގެ 13:00 ގައިދުވާފަރު ޕްރައިމަރީ ސްކޫލް އޮފީހުގައެވެ.
- މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް، ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ.
- މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ބަޖެޓް ސެކްޝަން
ދުވާފަރު ޕްރައިމަރީ ސްކޫލް
ރ.ދުވާފަރު، ދިވެހިރާއްޖެ.
ފޯން: 6584595 / 7993055
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
17ރަބީއުލްއާޚިރު1446
09އޮކްޓޯބަރ2025
09 އޮކްޓޫބަރު 2025
ހޯދާ