ވަށަފަރު މަދަރުސާ
ދިވެހިރާއްޖެ
ޕްރިންސިޕަލް ކެބިންގެ ޕާޓިޝަން މަރާމާތު ކުރުމާގުޅޭ

މިމަދަރުސާގެ ޕްރިންސިޕަލްގެ ކެބިންގެ ޕާޓިޝަން މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި މަދަރުސާގެ GS81/IUL/2015/42ފ(12 އޮކްޓޫބަރު 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އެ ފުރުޞަތު ތިންވަނަ ފަހަރަށް ހުޅުވާލަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އޮކްޓޫބަރު 27 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 13:00 އަށް މަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ނޮވެންބަރު 01 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 13:00އަށް މިމަދަރުސާއަށް ދުރުވެ، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ހުށަހަޅުއްވާ ސިޓީއާއި އަންދާސީހިސާބު ޤަބޫލުނުކުރާނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީ ގަޑީގައި މިމަދަރުސާގެ ނަންބަރު 6500538 ފޯނަށް ގުޅުއްވުން އެދެމެވެ.

07 މުޙައްރަމް 1437

20 އޮކްޓޫބަރު 2015
ހޯދާ