މޯލްޑިވްސް ޒަކާތު ހައުސް
ދިވެހިރާއްޖެ
އިސްލާމީ ކުތުބުޚާނާއަށާއި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިޖިޓަލް ލައިބްރަރީއަށް، ފޮތް ހަދިޔާކުރުމުގެ ފުރުޞަތު ހުޅުވާލުން

މި އިޢުލާންވަނީ 13 އޮކްޓޫބަރު 2025 10:56 ގައި ބާތިލް ކުރެވިފައެވެ.


ޒަކާތާ ގުޅޭގޮތުން ލިޔުއްވާފައިވާ ފޮތްތައް، ކިންގް ސަލްމާން މިސްކިތުގައި ޤާއިމުކޮށްފައިވާ އިސްލާމީ ކުތުބުޚާނާއަށާއި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިޖިޓަލް ލައިބްރަރީއަށް، ހަދިޔާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

 ވީމާ ހަދިޔާކުރައްވަން ބޭނުންފުޅުވާ ފޮތްތަކާ ގުޅޭ މަޢުލޫމާތު، 2025 އޮކްޓޫބަރު 30 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީ-މެއިލްކުރެއްވުމުން، ފޮތް ހަދިޔާ ކުރެވޭނެ އިންތިޒާމު ޒަކާތު ހައުސްގެ ފަރާތުން ހަމަޖައްސައިދޭނެ ވާހަކަ ދަންނަވަމެވެ.  

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 3021414 ނަންބަރާ ގުޅުއްވައިގެން ނުވަތަ 7328990 ނަންބަރަށް ވަޓްސްއެޕުން މެސެޖުކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

17 ރަބީޢުލްއާޚިރު 1447

09 އޮކްޓޫބަރު 2025

 

09 އޮކްޓޫބަރު 2025
ހޯދާ