ދިވެހިރާއްޖެ
(IUL)TAH-D/TAH/2025/47ނަންބަރު:
އިޢުލާން
ތ. ތިމަރަފުށީ ޞިއްޙީ މަރުކަޒުގެ ލަކުޑި ދޮރުތައް އެލުމެނިއަމް ދޮރަށް ބަދަލު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމަށްފަހު،
20 އޮކްޓޯބަރ 2025 ވާ ހޯމަ ދުވަހު 13:00 އަށް މިއޮފީހަށް (ތ. އަތޮޅު ހޮސްޕިޓަލް) ނުވަތަ
ތ. ތިމަރަފުށީ ޞިއްޙީ މަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ރަޖިސްޓްރީވުން: 16 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން
ބިޑް ހުޅުވުން: 20 އޮކްޓޯބަރ 2025 ވާ ހޯމަ ދުވަހުގެ 13:00 އަށް
ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށް މި އިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރެއްވުމަށްފަހު
16 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފު ކުރައްވަން ބޭނުންވެލައްވާނަމަ 14 އޮކްޓޯބަރ 2025 ގެ
ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.
އަދި ބީލަމުގައި ރެޖިސްޓަރ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެކަމަށާއި އަންދާސީ
ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މައުލޫމާތު ފުރިހަމަނުވާ އަންދާސީ
ހިސާބުތައް ބާތިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. މި އިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެވެ.
09 އޮކްޓޯބަރ 2025