ކާމިލް ދީދީ ޕްރައިމަރީ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކާމިލްދީދީ ޕްރައިމަރީ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ބޭނުންވެއްޖެ
ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ:
- ކާމިލްދީދީ ޕްރައިމަރީ ސްކޫލް ސެކިއުރިޓީ 01 އަހަރަށް ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 09 އޮކްޓޫބަރ އިން 13 އޮކްޓޫބަރ 2025 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ވުމަށް" ފޮނުވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރެޖިސްޓަރ ކުރާ ފަރާތްތަކަށެވެ.
"ބިޑް ރަޖިސްޓްރީ ފޯރމް ލިންކް" : https://forms.gle/UP9xnFeryV55gAtX9
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 14 އޮކްޓޫބަރ 2025 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 19 އޮކްޓޫބަރ 2025 ވަނަ ދުވަހުގެ 11:00 ގައި ކާމިލް ދީދީ ޕްރައިމަރީ ސްކޫލް މީޓިންގ ރޫމް ގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކާމިލް ދިދީ ޕްރައިމަރީ ސްކޫލް
ނިރޮޅު މަގު، ހުޅުމާލެ ފޭސް 2، ދިވެހިރާއްޖެ.
ފޯން: 3350628
އީ-މެއިލް: [email protected]
15 ރަބީއުލްއާޚިރު 1447
09 އޮކްޓޫބަރ 2025
09 އޮކްޓޫބަރު 2025
ހޯދާ