މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެސިސްޓަންޓް ކޮމިޔުނިޓީ ހެލްތު އޮފިސަރ (ޓްރެއިނީ)

ށ. ޅައިމަގު ޞިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމު

އެސިސްޓަންޓް ކޮމިޔުނިޓީ ހެލްތު އޮފިސަރ (ޓްރެއިނީ)

މަޤާމުގެ ނަމްބަރު:

J-418762

ބޭނުންވާ އަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަންޖެހޭ ތަން:

ށ. ޅައިމަގު ޞިއްޙީމަރުކަޒު  

 

އެހެނިހެން އެލަވަންސް:

1. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.

3. މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ އިނާޔަތްތައް.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހެލްތް މާސްޓަރ ޕްލޭނާއި ޤައުމީ ޕޮލިސީތަކާއި  ސްޓްރެޓީޖިކް ޕްލޭންތަކާ އެއްގޮތްވާގޮތުގެ މަތިން ކޮންމެ އަހަރަކުވެސް އެކްޝަން ޕްލޭނެއް އެކުލަވާލައި، އެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ސްކޫލްތަކާއި ކައުންސިލްތަކާއި ޖަމްޢިއްޔާތަކާ ގުޅިގެން ރަށު ފެންވަރުގައި އާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމުގައި ސްޕަވައިޒަރަށް އެހީތެރިވުން.
  2. ރަށު ފެންވަރުގައި ކާރިސާތަކާއި އެކިއެކި ހާދިސާތަކުގައި ޕަބްލިކް ހެލްތް ޔުނިޓުން ޢަމަލުކުރާނެ ގޮތުގެ ޕްލޭން އެކުލަވާލައި، އެއަށް އަމަލުކުރުމުގައި ސްޕވައިޒަރުގެ ލަފާގެ މަތިން މަސައްކަތްކުރުމާއި، ޞިއްޙީ އިމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.
  3. އިންޓަރނޭޝަނަލް ހެލްތް ރެގިޔުލޭޝަނާއި ބައިނަލްއަޤްވާމީ ޞިއްޙަތާ ގުޅޭ ހަމަތަކާއި އުސޫލުތަކާއި އާންމު ޞިއްޙަތުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދޭ ގަވައިދުތަކުގެ ދަށުން ކުރަންޖެހޭ އާންމު ޞިއްޙަތު ރައްކާތެރި ކުރުމާގުޅޭ މަސައްކަތްތަކުގައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  4. ހެލްތު ޕްރޮމޯޝަން ޕްލޭނާއި އެއްގޮތަށް ހޭލުންތެރިކަން އިތުރު ކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ރާވާ ހިންގުމުގައި ޕަބްލިކް ހެލްތު އޮފިސަރުންނަށް އެހީތެރިވުމާއި، އެކަނާއި ގުޅޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން.
  5. ޤައުމީ އިމިއުނިޒޭޝަން ޕްރޮގްރާމްތަކުގެ ދަށުން އަތޮޅު އަދި ރަށު ފެންވަރުގައި ދޭންޖެހޭ ޚިދުމަތްތައް ގަވާއިދުން ފޯރުކޮށްދިނުމުގައި އެހީތެރިވުން.
  6. ގައިންގަޔަށް އަރާ ބަލިތަކާއި، އެކިއެކި ސޫފާ ސޫފީގެ ޒަރީޢާއިން ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމުގެ ޤައުމީ ޕްރޮގްރާމްތަކުގެ ދަށުން ރަށު ފެންވަރުގައި ހިންގަން ޖެހޭ މަސައްކަތްތައް ރާވައި ހިންގުމުގައި އެހީތެރިވުން.
  7. ފައިލޭރިއާ ، ޓީބީ، ފަދަ އާންމު ޞިއްޙަތަށް ނުރައްކާވާ ބަލިތައް ކޮންޓްރޯލް ކުރުމަށް ހިންގާ ޕްރޮގްރާމްތަކުގެ ބަލިމީހުންނަށް ޒިޔާރަތްކޮށް ބޭސްދީ އެބޭސް ބޭނުންކުރުމާބެހެގޮތުން ޢާއިލާއާއި މުޖުތަމަޢުގެ މީހުންނަށް އިރުޝާދުދީ އެކަންކަން ބެލެހެއްޓުމުގެ މަސައްކަތްކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  8. ޓޮބޭކޯ ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުމާއި، އެކަމާއި ގުޅޭ އިދާރީ މަސައްކަތްތައް ކުރުމާއި، ޕަބްލިކް ހެލްތު  މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށް ދިނުން.
  9. ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގެ ޤައުމީ ޕްރޮގްރާމްތަކުގެ ދަށުން ރަށު ފެންވަރުގައި ހިންގަން ޖެހޭ މަސައްކަތްތައް ރާވައި ހިންގުމުގައި އެހީތެރިވުން.
  10. މާބަނޑުމީހުންނާއި ތުއްތުކުދިންގެ ޞިއްހީ ހާލަތު ބަދަލުވަމުން އަންނަގޮތް ބަލަމުން ގެންދިއުމަށް ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތް ނުކުރާ މީހުންނަށް ޒިޔާރަތްކޮށް އެކަންކަން ބަލައި އެމީހުންނަށް ޚިދުމަތްތައް ފޯރުކޮށްދީ، އެމީހުން ދިރުއުޅޭ މާހައުލުގެ ސާފުތާހިރުކަން ބެލުމުގެ މަސައްކަތްތަކުގައި އެހީތެރިވުން.
  11. މާބަނޑު މީހުން، ޅަދަރިމައިން، ކުޑަކުދިން، ފުރާވަރަށް އަރަމުން އަންނަ ކުދިން، އަދި ދުވަސްވީ މީހުންގެ ހާއްސަ ޞިއްޙީ ހާލަތްތަކާބެހޭ ގޮތުން އެމީހުންނާއި އެމީހުންގެ ޢާއިލާތަކާއި އެމީހުން ބަލަހައްޓާ އެހީތެރިވެދޭ މީހުންނަށް މަޢުލޫމާތު ދީ ޞިއްޙަތު ރައްކާތެރިކުރުމަށް ހޭލުންތެރި ކުރުވުމުގެ ކުރާ މަސައްކަތްތަކުގައި އެހީތެރިވުން.
  12. ކުޑަކުދިންނާއި މާބަނޑުމީހުން އަދި މިނޫންވެސް މުޖުތަމަޢުގެ ނާޒުކު ގްރޫޕްތަކުގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާޢީ ޞިއްޙަތު ކުރިއެރުވުމަށްޓަކައި ޤައުމީ ފެންވަރުގައި އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭންތަކާ އެއްގޮތަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތްތަކުގައި އެހީތެރިވުން.
  13. ފިކުރީ ޞިއްޙަތު ޕްރޮގްރާމްގެ ދަށުން ރަށު ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުން.
  14. ވޯޓަރ އެންޑް އެންވަޔަރަމަންޓް މެނޭޖްމަންޓް ޕްރޮގްރާމްގެ ދަށުން ރަށު ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުން.
  15. އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތާއި ބެހޭ ޕްރޮގްރާމްގެ ދަށުން ރަށު ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުން.
  16. އިންޖަރީ ޕްރިވެންޝަން ޕްރޮގްރާމްގެ ދަށުން ރަށު ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުން.
  17. ދިރޭތަކެއްޗާއި ކެމިކަލާއި ރޭޑިއޭޝަން ( ވެކްޓަރ ކޮންޓްރޯލް ޕްރޮގްރާމް ) ފަދަ ތަކެތިން އާންމު ޞިއްޙަތަށް ނުރައްކާވާ ކަންތައްތައް ދެނެގަނެ ކަމާގުޅޭ އިދާރާތަކާ ގުޅިގެން އެކަންކަން ކޮންޓްރޯލް ކުރުމުގެ މަސައްކަތްކުރުމުގައި އެހީތެރިވެދިނުން.
  18. ނިއުޓްރިޝަން އާބެހޭ ޤައުމީ ޕްރޮގްރާމްގެ ދަށުން ރަށު ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުން.
  19. ރަށުގައި ރޯގާއެއް ފެތުރިއްޖެނަމަ އެރޯގާ ކޮންޓްރޯލް ކުރުމާބެހޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެކަން ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތްތައް ވިލަރެސް ކުރުމާއި އެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުނުގައި ސްޕައިޒަރު އަންގާގޮތެއްގެ މަތިން މަސައްކަތްކުރުމާއި، އެހީތެރިކަން ފޯރުކޮށްދިނުން.
  20. ފައިދާހުރި ކާނާއާއި، ސާފުތާހިރުކަމާއި، ވެކްސިންދިނުމާއި، ރައްކާތެރި މައިވަންތަކަމާއި ޢާއިލާރޭވުމާއި، އާންމު ބަލިތަކުން ރައްކާތެރިވުމާއި، ވިހަވުމުން ރައްކާތެރިވުމާ ބެހޭގޮތުންނާއި އާންމުބަލިތަކަށް ފަރުވާ ކުރުމާއި ފުރަތަމަ އެހީ ދިނުމާއި، މަސްތުވާތަކެއްޗާއި، ގެވެށި އަނިޔާތަކާބެހޭ ގޮތުންނާއި، ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިގެން ޖެހޭ ބަލިތަކުން ރައްކާތެރިވުމާއި، އެހެން ޞިއްޙީ ކަންކަމާބެހޭގޮތުން އާންމުންނާއި އާއިލާތަކަށް މަޢުލޫމާތު ދީ ޞިއްޙަތު ރައްކާތެރިކުރުމަށް ހޭލުންތެރިކުރުވުމުގެ މަސައްކަތުގައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  21. ޞިއްޙީ ހިދުމަތްދޭ ތަންތަނަށް އާންމުކޮށް ޒިޔާރަތް ނުކުރާ މުޖުތަމަޢުގެ އެކި ގްރޫޕްތަކާ ބައްދަލުކޮށް އެޗް.އައި.ވީ އާއި އެހެނިހެން ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށާއި ބަލިތައް ކޮންޓްރޯލް ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ހިންގާ ހޭލުންތެރިކުރުމުގެ މަސައްކަތްތަކާގުޅޭ އިދާރީ މަސައްކަތްތައް ކުރުން.
  22. އެރަށެއްގެ އަދި އެ އަތޮޅުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ މެނޭޖްމަންޓާއި ކްލިނިކަލް ދާއިރާއާ ގުޅިގެން ޕަބްލިކް ހެލްތްގެ މަސައްކަތްތައް ރާވައި ހިންގުމުގެ މަސައްކަތުގައި އެހީތެރިވުން.
  23. ތެލެސީމިއާ އާއިބޭގޮތުން ރަށު ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުން.
  24. ދާނުގައި ތިބޭ ބަލިމީހުންނާއި ބެހޭ ޕްރޮގްރާމްގެ ދަށުން ރަށު ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުން.
  25. ދައުލަތުގެ އެކި އިދާރާތަކުން ހިންގާ ޕްރޮގްރާމްތަކުގައި އެހީތެރިކަމަށް އެދިއްޖެ ހާލަތެއްގައި އެފަދަ ޕްރޮގްރާމްތައް ހިންގުމުގައި ޕަބްލިކް ހެލްތު މުވައްޒަފުންނަށް އެހީތެރިވުމާއި، އަމަލީގޮތުން އެމަސައްކަތްތަކުގައި ބައިވެރިވުން.
  26. ޞިއްޙީމަރުކަޒުން އަންގާ ރަސްމީ މަސައްކަތްތައް ކުރުމާއި ، އެންމެން ގުޅިގެންކުރާ މަސައްކަތްތައް ކުރުމާއި އެހެންމީހުންގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުން

މަޤާމުގެ މުސާރަ:

-/8190 ރުފިޔާ

މަޤާމުގެ އެލަވަންސް:

-/2456 ރުފިޔާ

ހާޒިރީ އިނާޔަތް:

-/67 ރުފިޔާ (މަސައްކަތަށް ނުކުންނަ ދުވަހަކަށް)

މަޤާމުގެ ރޭންކް:

ޕަބްލިކް ސަރވިސް ރޭންކް 4 – ސްޓެޕް 1

 

މަޤާމުގެ ޝަރުތު:

 

1-      'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 'ސައިންސް' ގެ 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނަކުން 'ދިވެހި' މިމާއްދާއިން ދަށް ވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ނުވަތަ

 

2-      'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 'ސައިންސް' ގެ 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނަކުން 'ދިވެހި' މިމާއްދާއިން ދަށް ވެގެން 'ސީ' ގްރޭޑް ލިބިފައިވުން. އަދި ދިވެހިރާއްޖޭގައި މަތީ ތައުލީމުދޭ މަރުކަޒަކުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ފައުންޑޭޝަން ސްޓަޑީގެ ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

-

ގުޅޭ ވަޒީފާގެ ދާއިރާތައް:

ޕަބްލިކް ހެލްތް ސަރވިސަސް ، ކޮމިޔުނިޓީ ހެލްތް ސަރވިސަސް

 

ހުށައަޅަންޖެހޭ ލިޔުންތައް

 

 

1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި ހޮސްޕިޓަލްގެ އޮފީހުންނާއި ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ. )

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ( މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.

4.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން  ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް ކޮޕީ؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓް ކޮޕީ.

 

 (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންކްރިޕްޓްގެ ކޮޕީ. ( މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް  އޮފް މޯލްޑިވްސް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަން  އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް  ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެމަރުކަޒަށް ދީފައިވާ ހުއްދަ ނަމްބަރު ހިމަނާފައިވާ ނަމައެވެ).

 

6.  މަސައްކަތު ތަޖުރިބާ އަންގައިދޭ ތިރީގައިވާ  މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި( އަހަރާއި  މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް)ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން http://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން ( މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށައަޅަން ވާނެއެވެ).

 

(ބ) ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް  ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެން ނެތްނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ " ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

7. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން ކޮޕީ

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

25

އިންޓަރވިއު

35

 

މަޤާމަށް އެދެންވީގޮތާއި ސުންގަނޑި:

މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 2025 އޮކްޓޯބަރ 16 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ށ. ޅައިމަގު ޞިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.   

ނޯޓް: އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

 

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ  ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އެސެސްމަންޓް ( އިމްތިހާނު ނުވަތަ ޕްރެކްޓިކަލްސް( އޮންނާނީ،  2025 އޮކްޓޯބަރ 21 އާއި 2025 ނޮވެމްބަރ 15 އާއި ދެމެދު ށ. ޅައިމަގު ޞިއްޙީމަރުކަޒުގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި މުއްދަތުގައި އިންޓަވިއު، އެސެސްމަންޓަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާއްމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ގެޒެޓްގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށައަޅަންވާނެއެވެ.

 

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަމްބަރަކީ 6540533 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓްގެ އުސޫލުތައް > "ރެކްރޫޓްމަންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

09 އޮކްޓޫބަރު 2025
ހޯދާ