މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ޙަފްލާ، އަމިއްލަ ތަކެތީގައި އިންތިޒާމް ކޮށްދެއްވާނެ ފަރާތެއް ހޯދުން.

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށާއި ޝައުގުވެރިކަން ފާޅުކުރެއްވުމަށް 13 އޮކްޓޯބަރ 2025 ވާ ހޯމަ ދުވަހުގެ 23:59:59  ނިޔަލަށް  [email protected] އަށް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ 'ބިޑް ރެޖިސްޓްރޭޝަން ފޯމް' ފުރުއްވުމަށްފަހު އީ-މެއިލް ކުރެއްވުން އެދެމެވެ. އަންދާސީ ހިސާބު ބަލައިގަތުމާއި ހުޅުވުން އޮންނާނީ 20 އޮކްޓޯބަރ 2025 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:30 ގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އުމަރު ޒާހިރު އޮފީސް އިމާރާތުގެ 5 ވަނަ ފަންގިފިލާގައިއެވެ. މި އިޢުލާނާއެކު ބީލަމުގެ މަޢުލޫމާތު ޝީޓް އަދި ބިޑް ޑޮކިޔުމަންޓް ހިމެނޭހެން  ގެޒެޓް ކުރެވިފައިވާނެއެވެ.

ޝައުގުވެރިކަން ފާޅު ކޮށްފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހަޅާނީ މި އޮތޯރިޓީން އިރުޝާދު ދޭ ގޮތަކަށެވެ.

މިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް:

ޖެނެރަލް އެޑްމިނިސްޓްރޭޝަން، ޕްރޮކިއުމަންޓް އެންޑް ސަޕޯރޓް ޔުނިޓް

އެޑްމިނިސްޓްރޭޝަން ސެކްޝަން

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ

5 ވަނަ ފަންގިފިލާ، އުމަރު ޒާހިރު އޮފީސް އިމާރާތް

އޯކިޑްމާ ހިނގުން، ހުޅުމާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]       ފޯން: 3026656 /    3026676

09 އޮކްޓޫބަރު 2025
ހޯދާ