ދިވެހިރާއްޖެ
އިޢުލާން
ބ.އޭދަފުށީގައި ހުރި ޕާރކުތަކަށް ބޭނުންވާ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
ބ.އޭދަފުށީގައި ހުރި ޕާރކުތަކަށް ބޭނުންވާ ތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަމުގައި ރަޖިސްޓްރީވުން:
ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 08 އޮކްޓޯބަރ 2025 (ބުދަ) ދުވަހުން ފެށިގެން 16 އޮކްޓޯބަރ 2025 ވާ (ބުރާސްފަތި) ދުވަހުގެ 13:30 އާއި ހަމައަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ސުންގަޑީގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތައް މިބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
ލިންކް: https://forms.office.com/r/RqexkATWuE
ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން:
ބީލަން ހުށަހެޅުން އޮންނާނީ 2025 އޮކްޓޯބަރ 20 ވާ ހޯމަ ދުވަހުގެ 11:00 ގައި ބ.އޭދަފުށީ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވާ ތަނަށް ހާޟިރުވާއިރު ހާޟިރުވާ ފަރާތުގެ އައި.ޑީ ކާޑު ނުވަތަ ފޮޓޯޖެހި ކާކުކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެމީހަކީ އެފަރާތެއްގެ ނުވަތަ އެވިޔަފާރީގެ ފަރާތުން ކަނޑައަޅާފައިވާ ފަރާތެއްކަން އެނގޭނެފަދަ ލިޔުމެއް ނުވަތަ ބޯޑު ރިޟޮލިއުޝަނެއް ހުށަހަޅަންވާނެއެވެ.
ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހެޅޭ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ .ބީލަން ހުޅުވުން އޮންނާނީ 2025 އޮކްޓޯބަރ 20 ވާ ހޯމަ ދުވަހުގެ 11:05 ގައި މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި، ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަން ހުންނަންވާނީ ބީލަން ކަރުދާހުގައިވާ މައުލޫމާތާއި އެއްގޮތަށެވެ.
މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
16 ރަބީޢުލްއާޚިރާ 1447