ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހއ. މާރަންދޫގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެއާ ގުޅޭ
ހއ. މާރަންދޫ އިންޖީނުގެ މިހާރުހުރިތަން ނޫން އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރަތަމަ ކުރެވުނު އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައެއް ނުވެއެވެ. އަދި މިމަސައްކަތް ކޮށްދިނުމަށް ދެވަނަ ފަހަރަށް ކުރެވުނު ނަންބަރު: FNK-K(T)/FNK/IUL/2015/084ފ(27 ޖުލައި 2015) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީ، މި ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
މިމަސައްކަތާ ބެހޭ މަޢުލޫމާތު ހިމެނޭ ބިޑް ޑޮކިޔުމަންޓަކީ ވިއްކާގޮތަށް ހަމަޖެހިފައިވާ ޑޮކިޔުމެންޓެއް ކަމުގައި ދަންނަވަމެވެ.
- ބިޑް ޑޮކިއުމަންޓްގެ އަގު: -/1,000ރ (ނޮންރީފަންޑަބަލް)
- ބިޑް ޑޮކިއުމަންޓް ވިއްކާ މުއްދަތު: 25 އޮކްޓޫބަރު 2015 އިން 29 އޮކްޓޫބަރު 2015 ގެ ނިޔަލަށް ރަސްމީގަޑީގައި 08:30 އިން 15:00 އަށް.
- ފައިސާ ބަލައިގަންނަ ތަން: 07 ވަނަ ފަންގިފިލާ، ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް. ބިޑް ޑޮކިޔުމެންޓަށް ފައިސާ ދެއްކެވުމުން ހަމަ އެތާރީޚުގައި ބިޑް ޑޮކިޔުމެންޓްގެ ޕީ.ޑީ.އެފް ލިބިވަޑައިގަންނަވާނެއެވެ.
- މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 11:00 ގައި މި ކުންފުނީގެ ހެޑްއޮފީހަށް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ހއ.މާރަންދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މިގަޑީގެ ފަހުން ދުރުވާ ފަރާތްތަކަށް ޕްރީ-ބިޑް ސެޝަންގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.
- މި ބިޑްގައި ބައިވެރިވެވޭނީ ހަމައެކަނި ބިޑް ޑޮކިއުމަންޓް ގަންނަ ފަރާތްތައް އެކަނިކަމުގައި ދަންނަވަމެވެ.
- ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 08 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅަން އަންނަ ފަރާތްތަކުގެ ހާޒިރުގައެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ހއ.މާރަންދޫ ބްރާންޗަށެވެ. މިގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވަހަކަ ދަންނަވަމެވެ.
9 މުޙައްރަމް 1437
22 އޮކްޓޫބަރު 2015
ހޯދާ
