ދިވެހިރާއްޖެ
އިޢުލާން
މިހޮސްޕިޓަލުގެ މޫމިޔާ ދޯނި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން
މިހޮސްޕިޓަލުގައި ބޭނުންކުރަމުންދާ، ' މޫމިޔާ ' ކިޔާ ފައިބަރު ދޯނީގައި ކުރަންޖެހޭ އެންމެހާ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިހެންކަމުން، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން، ތިރީގައި ބަޔާންވެފައިވާގޮތަށް، ރަޖިސްޓްރީ ކުރެއްވުމާއި، މައުލޫމާތު ސާފުކުރެއްވުމަށްފަހު، މިމަސައްކަތުގެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
ނަންނޯޓް ކުރެއްވުން |
ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް) ތާރީޚް: 2025 އޮކްޓޯބަރު 08 ން ފެށިގެން، 2025 އޮކްޓޯބަރު 16 ވަނަ ދުވަހުގެ މެންދުރުފަހު، 15:00 އަށް އީމެއިލް [email protected] :ފޯނު ނަންބަރ: 6583007 ރެޖިސްޓްރޭޝަން ލިންކް: |
އަންދާސީ ހިސާބު ހުށައެޅުއްވުން |
ތާރީޚް: 2025 އޮކްޓޯބަރު 20 - ހޯމަ ގަޑި: މެންދުރުފަހު 13:00 ގައި ތަން: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެއިން ކޮންފަރެންސް ރޫމް |
މިއިޢުލާނާއިގުޅޭ މައުލޫމާތު ޝީޓާއި، ކުރެހުންތަކާއި، އަދި ގުޅުންހުރި އެންމެހާ ލިޔުންތައް، ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާނެވާހަކަ ދަންނަވަމެވެ. އަދި މިޓެންޑާއަށް ނަންނޯޓްނުކުރާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެކަން، މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީގަޑީގައި، 6583007 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
16 ރަބީޢުލްއާޚިރު 1447