ދިވެހިރާއްޖެ
ދ.ބަނޑިދޫ އިން އަލަށްކެނޑި މަގުތަކުގައި މަގުހޮޅި އަދި މަގުބައްތި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިކަމަށް އެދި ބިޑް ހުށަހެޅުއްވޭނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ސަތޭކަ ޕަސެންޓް ދިވެހި ވިޔަފާރިތަކަށް އެކަނިކަމުގައިވެސް ދަންނަވަމެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި ބިޑްގައި ބައިވެރިވުމަށް ރަޖިސްޓަރކުރުމަށް ހުޅުވާލަމެވެ. މި މުއްދަތުގައި ބިޑްގައި ރަޖިސްޓަރވުމަށްއެދި މި ކައުންސިލަށް ހުށަހަޅުއްވާފައިނުވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެކަމުގައި ދަންނަވަމެވެ.
ހުށަހަޅާ ބިޑްތައް ބަލައިގަތުމާއި ކެނޑުން އޮންނާނީ މިކަމަށް އެދި ބިޑް ހުށަހަޅުއްވާ ހުރިހާ ފަރާތެއްގެ ޙާޟިރުގައި 27 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ 13:00 ގައި ބަނޑިދޫ ކައުންސިލް އިދާރާގައެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 19 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން 9650005/7992129 އަށް ގުޅައިގެން (ސަރުކާރު ބަންދުނޫން ކޮންމެދުވަހަކު : 09:00 ން 14:00) ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ.