އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓު 2025 - ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު (2025/27) އާއި އެ ޤަރާރާއެކު ހުށަހަޅުއްވާފައިވާ ސުވާލުތަކާއި މަޢުލޫމާތު ކަރުދާސް ޢާންމުކުރުން

(IUL)38-AC/38/2025/187:ނަންބަރު

އިޢުލާން

އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓު 2025

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު (2025/27) އާއި އެ ޤަރާރާއެކު ހުށަހަޅުއްވާފައިވާ ސުވާލުތަކާއި މަޢުލޫމާތު ކަރުދާސް ޢާންމުކުރުން

ޤާނޫނު ނަންބަރު 2025/15 (ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ށ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިޚުތިޔާރުގެ ދަށުން ނެރުއްވި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު (2025/27) އާއި އެ ޤަރާރާއެކު ހުށަހަޅުއްވާފައިވާ ސުވާލުތަކާއި މަޢުލޫމާތު ކަރުދާސް މި ކޮމިޝަނަށް ލިބިފައިވާތީ ދަންނަވަމެވެ.

މި ދެންނެވުނު ޤަރާރަކީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ހުށަހެޅުންތައް ހުށަހަޅައިފައިވާތީ، އެ ރަށްތަކުގެ ރައްޔިތުން ދެކޭގޮތް ބަލައި، ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ނެރުއްވާފައިވާ ޤަރާރެކެވެ.

ވީމާ، ޤާނޫނު ނަންބަރު 2025/15 (ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު) ގެ 15 ވަނަ މާއްދާ އާއި 24 ވަނަ މާއްދާ އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ގަވާއިދު (2025/R-98) ގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ޤަރާރާއި، ސުވާލުތައް އަދި މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އާންމުކުރީމެވެ.

08 އޮކްޓޫބަރު 2025
ހޯދާ