ދިވެހިރާއްޖެ
މިރަށުގެ ގޭބިސީތަކާއި ވިޔަފާރިކުރާތަންތަނާއި އޮފީސްތަކުގެ އުފެދޭކުނިނަގާ އުކާލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ މި މަސައްކަތް ކޮއްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2025 އޮކްޓޯބަރ 14 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
|
ބިޑް ރަޖިސްޓްރީ ކުރުން |
ރ.މާކުރަތު ކައުންސިލްގެ އިދާރާ |
14 އޮކްޓޯބަރ 2025 |
އަންގާރަ |
13.00 |
އަންދާސީ ހިސާބު ހުށަހެޅުން |
ރ.މާކުރަތު ކައުންސިލްގެ އިދާރާ |
19 އޮކްޓޯބަރ 2025 |
އާދީއްތަ |
13.00 |
ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ، ޤާނޫނު ނަންބަރު:2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު:2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބާއެކު ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ ހުށަހަޅަން ވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ބީލަން ރަޖިސްޓްރީކުރުމުން މަޢުލޫމާތުކަރުދާސް މެއިލްކުރެވޭނެއެވެ. އަދި ގަޑިޖެހިގެން އަންނަ ފަރާތްތަށް ބީލަން ހުށަހެޅުމުގައި ބައިވެރި ނުކުރެވޭނެއެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.