މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ތ.ތިމަރަފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓް ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާގުޅޭ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން، ކޮޅުމަޑުލު ތިމަރަފުށީގައި އިމާރާތްކޮށްފައިވާ 100 (ސަތޭކަ) ހައުސިންގ ޔުނިޓު ލިބޭ ފަރާތްތަކާއެކު ހައުސިންގ ޔުނިޓު ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ތ.ތިމަރަފުށީގައި މި މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވީނަމަވެސް، ބައެއް ފަރާތްތަކުން އެއްބަސްވުމުގައި މިހާތަނަށް ސޮއިކޮށްފައިނުވެއެވެ.

އެހެންކަމުން، ތ.ތިމަރަފުށިން ހައުސިންގ ޔުނިޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ސޮއިކޮށްފައިނުވާ ފަރާތްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިންތިޒާމް 12 އޮކްޓޫބަރު 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 16 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 1:30 އަށް މި މިނިސްޓްރީގައި އޮންނާނެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި އިސްވެދެންނެވި ތާރީޚުތަކަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް މި މިނިސްޓްރީން ހައުސިންގ ޔުނިޓް ލިބުނު ފަރާތްތަކަށް ގުޅަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން މިނިސްޓްރީގެ [email protected] އަށް އީމެއިލް ފޮނުއްވުން އެދެމެވެ. މިއީ އެއްބަސްވުމުގައި ސޮއިކުރުމަށް ލިބޭ ފަހު ފުރުޞަތުކަމުގައިވެސް ދެންނެވީމެވެ.    

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

08 އޮކްޓޫބަރު 2025
ހޯދާ