އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް
ދިވެހިރާއްޖެ
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ހިއުމަން ރިސޯސް މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމެއް ޑިވަލޮޕްކޮށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުންދޭ ޓެކްނިކަލް ސްޕެސިފިކޭޝަން އާއި އެއްގޮތަށް ހިއުމަން ރިސޯސް މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2025 އޮކްޓޯބަރ 19 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ވެލާނާ އިންޓަރނޭޝަނަލް އެއާރފޯޓުގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ހެޑްކުއާރޓާސްއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2025 އޮކްޓޯބަރ 08 ވާ ބުދަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން 2025 އޮކްޓޯބަރ 16 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ކޮމާންޑްގެ ޕާސް އެޑްމިން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މައުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

- ބިޑް ހުށަހެޅުމުގައި ސަމާލުކަން ދޭންވީކަންކަން:

  1. އަގު ހުށަހަޅާއިރު ވަން ޓައިމް ސެޓްއަޕް އަގުގެ އިތުރުން، ރިކަރަންޓް އެނުއަލް ޕޭމެންޓްއެއް ދައްކަންޖެހޭނަމަ އެކަމުގެ އަގު ވަކިން އިނގޭ ގޮތާން ހުށަހެޅުން.
  2. 6,500 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށަހެޅުމަށް
  3. ސްޓޭޓްމެންޓް އޮފް ކޮމްޕްލައެންސް ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް (އެނެކްސް – 2)
    (ކޮންމެ ގަނޑެއްގައި ސޮއި އަދި ސްޓޭމްޕް ކުރުމަށްފަހު)
  4. އިވެލުއޭޝަން ކޮމިޓީއިން އެދުމުން ޑެމޮންސްޓްރޭޝަން ހުށަހެޅުމަށް ތައްޔާރުވުން

ބިޑް ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިއުލާން ނަމްބަރ އެނގޭނޭހެން ބަޔާންކުރެއްވުމަށްފަހުއެވެ. މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2025 އޮކްޓޯބަރ 16 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން [email protected]   އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ހުޅުލޭގައި ހުންނަ މިކޮމާންޑުގެ ހެޑްކުއަރޓާޒްގައެވެ.

07 އޮކްޓޫބަރު 2025
ހޯދާ