މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ނިއުޓްރިޝަން ޕްރޮގްރާމުން، ތައްޔާރުކޮށްފައިވާ ތުއްތު ކުދިންގެ މިންހެޔޮ ކާނާ ފޮތް ޕްރިންޓް ކުރުމަށް

                                           އިޢުލާން 

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ނިއުޓްރިޝަން ޕްރޮގްރާމުން، ތައްޔާރުކޮށްފައިވާ ތުއްތު ކުދިންގެ މިންހެޔޮ ކާނާ ފޮތް ޕްރިންޓް ކުރުމަށް ބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 07 އޮކްޓޯބަރ 2025 ވާ އަންގާރަ ދުވަހުން ފެށިގެން 16 އޮކްޓޯބަރ 2025 ވާ  ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 23 އޮކްޓޯބަރ 2025 ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 19 އޮކްޓޯބަރ 2025 ވާ އާދީއްތަ ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

 

                                       15 ރަބީޢުލް އާހިރު 1447ހ.

07 އޮކްޓޫބަރު 2025
ހޯދާ