މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޖީނުގެއަށް ބޭނުންވާ ކޭބަލް ގަތުމާބެހޭ

އިޢުލާން

މި ރަށު ރައްޔިތުންގެ އިންޖީނުގެއަށް ބޭނުންވާ މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ ކުރެހުމުގައިވާ ކޭބަލްތައް މިކައުންސިލަށް ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، 02 ނޮވެންބަރު 2015 ވަނަ ދުވަހުގެ 13:30އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކުގެ މެދުގައި މަޝްވަރާ ކުރުމަށްފަހު ބިޑް ހުށަހަޅާނެ ދުވަހެއް ކަނޑައެޅޭނެ ވާހަކަ ދަންނަވަމެވެ.

މި ކައުންސިލުން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 މުޙައްރަމް 1437   

 

26 އޮކްޓޫބަރު 2015
ހޯދާ