ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ގޯތި އަމިއްލަކުރުމުގެ އަގު ކަނޑައެޅުން

ބަންޑާރަ ގޯތި އަމިއްލަކުރުމުގެ އަގު ކަނޑައެޅުން

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ޢާއްމުކޮށްފައިވާ ޤަވާޢިދު ނަންބަރު: (R182-2022) "ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާބެހޭ ޤަވާޢިދު" ގެ 09 ވަނަ މާއްދާގެ (ހ) އިން ބިމުގެ އަގު ކަނޑައެޅުމަށް ކައުންސިލްތަކަށް ލާޒިމުކޮށްފައިވާތީ، ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭއިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަގޯތި އަމިއްލަ ކުރުމަށްޓަކައި އެގޯތި ރަޖިސްޓްރީ ކޮށްދީފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ ބިން އަމިއްލަކުރުމުގެ އަގެއްގެ ގޮތުގައި ކައުންސިލްގެ 04 ވަނަ ދައުރުގެ 228 ވަނަ ބައްދަލުވުމުން ކަނޑައަޅާފައިވާ އަގަކީ އަކަފޫޓަކަށް -/60 (ފަސްދޮޅަސް) ރުފިޔާ އެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 އޮކްޓޫބަރު 2025
ހޯދާ