ދިވެހިރާއްޖެ
މިކައުންސިލް އިން މިއަހަރު 'މަޑަވެލި ކައުންސިލް ޤުރުއާން މުބާރާތް – 1447' ގެ ނަމުގައި 6 ނޮވެމްބަރ 2025 ގައި ފަށާގޮތަށް ހަމަޖެހިފައިވާ ޤުރްއާން މުބާރާތުގައި ބޭނުންކުރާނެ އެޕްލިކޭޝަން އެއް/ ޕޯޓަލް އެއް މި އިދާރާއަށް ފޯރުކޯށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 އޮކްޓޫބަރ 2025 ގެ 14:00 ގެ ކުރިން މި އިދާރާގެ މެއިލް: [email protected] އަށް ކޯޓޭޝަން/ 'އަގުހުށަހަޅާ ފޯމުން' އަގު ހުށަހެޅުއްވުން އެދެމެވެ. މިކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަދި 'އަގު ހުށަހަޅާ ފޯމު' މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މި މަސައްކަތަށް އެދި އަގު ހުށަހަޅަންވާނީ، ކޯޓޭޝަން އިން ނުވަތަ މިއިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާ، 'އަގުހުށަހަޅާ ފޯމު' ންނެވެ. އަގުހުށަހަޅާ ފޯމާއިއެކު، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ، ޖިއެސްޓީ ދައްކާ ފަރާތެއްނަމަ، ޖީއެސްޓީ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިއިދާރާގެ 'އަގުހުށަހަޅާ ފޯމު' ނުހިމަނައި ހުށަހަޅާ އަންދާސީ ހިސާބާއި، ގަޑި ޖެހުމަށްފަހު ހުށަހެޅޭ އަންދާސީ ހިސާބުތަކާއި އަދި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބިޑްތައް އިވެލުއޭޓް ކުރުމުގެ ތެރެއިން ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި ކައުންސިލް އިދާރާގެ ހޮޓްލައިން ނަމްބަރ: 9356677 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.