ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މި އޮފީހުގެ ހުސްވެފައިވާ މިދަންނަވާ ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުގުވެރިކަންހުރި، ގާބިލު މީހުންނެވެ.

1. މަގާމުގެ ނަން:

އެސިސްޓެންޓް ޑިރެކްޓަރ، އިކޮނޮމިކް ޕޮލިސީ އެންޑް ރިސަރޗް

ރޭންކް:

އެމް.އެސް. 3

އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:

ޕޮލިސީ އެންޑް މެނިފެސްޓޯ އޮފީސް

ބޭނުންވާ އަދަދު:

2 (ދޭއް)

އަސާސީ މުސާރަ:

7,035.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް:

3,165.75 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

2,500.00 ރުފިޔާ

ކޮލިފިކޭޝަން އެލަވަންސް:

- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ، 4,000.00 ރުފިޔާ ނުވަތަ،

 - ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ، 5,000.00 ރުފިޔާ.

މަގާމުގެ ޝަރުތު:

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މާލިއްޔަތާގުޅޭ ދާއިރާއިން ނުވަތަ އިގުތިސާދީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕުލޮމާ) ނުވަތަ ލެވެލް 6 (ޕުރޮފެޝަނަލް ސެޓުފިކެޓު/ އެޑްވާންސްޑް ޑިޕުލޮމާ/ އެސޯސިއޭޓް ޑިގުރީ/ ފައުންޑޭޝަން ޑިގުރީ) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މާލިއްޔަތާގުޅޭ ދާއިރާއިން ނުވަތަ އިގުތިސާދީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގުރީ/ ޕުރޮފެޝަނަލް ސެޓުފިކެޓު/ ޕުރޮފެޝަނަލް ޑިޕުލޮމާ) ނުވަތަ ލެވެލް 8 (ގުރެޖުއޭޓް/ ޕޯސްޓްގުރެޖުއޭޓް ސެޓުފިކެޓު/ ގުރެޖުއޭޓް/ ޕޯސްޓް ގުރެޖުއޭޓް ޑިޕުލޮމާ/ ބެޗްލަރސް ޑިގުރީ ވިތް އޮނަރސް) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މާލިއްޔަތާގުޅޭ ދާއިރާއިން ނުވަތަ އިގުތިސާދީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (މާސްޓަރސް ޑިގުރީ/ އެޑްވާންސްޑް ޕުރޮފެޝަނަލް ސެޓުފިކެޓު/ އެޑްވާންސްޑް ޕުރޮފެޝަނަލް ޑިޕުލޮމާ) ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:

- ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކާއި، ކައުންސިލުތަކާއެކު ބާއްވަވާ ބައްދަލުކުރެއްވުންތަކާ ގުޅޭގޮތުންނާއި، އަދިވެސް މިނޫން ގޮތްގޮތުން އަތޮޅުތަކާ ބެހޭގޮތުން ތައްޔާރު ކުރަންޖެހޭ އިގުތިސާދީ ދާއިރާއާ ގުޅޭ މަޢުލޫމާތު ތައްޔާރުކުރުން.

- އިގުތިސާދީ އަދި މާލީ ދާއިރާއާ ގުޅުންހުރި ދާއިރާތަކުން ހިންގާ ޕުރޮގުރާމުތަކާއި، މަޝްރޫޢުތަކާއި ހަރަކާތްތައް، ސަރުކާރުގެ މެނިފެސްޓޯގައިވާ މަގުސަދުތައް ހާސިލުކުރެވޭނެގޮތަށް ބައްޓަންކޮށްފައިވޭތޯ ޔަގީންކުރުމުގެ މަސައްކަތް ސުޕަވައިޒަރުގެ ލަފާގެ މަތިން ކުރުން.

- ސަރުކާރުގެ އިގުތިސާދީ އަދި މާލީ ދާއިރާއާ ގުޅުންހުރި ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި އެކުލަވައިލަންޖެހޭ ޕްލޭންތަކާއި ކޮންސެޕްޓުތައް ކަމާބެހޭ އިދާރާތައް މެދުވެރިކޮށް އެކުލަވައިލުމުގެ މަސައްކަތް ސުޕަވައިޒަރުގެ ލަފާގެ މަތިން ކުރުން.

- ސަރުކާރުގެ އިގުތިސާދީ އަދި މާލީ ދާއިރާއާ ގުޅުންހުރި ސިޔާސަތުތައް ހިންގުމަށްޓަކައި ދޭދޭ މުއައްސަސާތަކުން ހިންގާ މަސައްކަތްތަކާއި ހަރަކާތްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ކުރަމުންގެންދިއުން.

- ސަރުކާރުގެ އޮފީސްތަކުންނާއި އަމިއްލަ ފަރާތްތަކުން ހުށަހަޅާ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ކުރުން.

2. މަގާމުގެ ނަން:

އެސިސްޓެންޓް ޑިރެކްޓަރ، ގަވަނަންސް ޕޮލިސީ އެންޑް ރިސަރޗް

ރޭންކް:

އެމް.އެސް. 3

އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:

ޕޮލިސީ އެންޑް މެނިފެސްޓޯ އޮފީސް

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

7,035.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް:

3,165.75 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

2,500.00 ރުފިޔާ

ކޮލިފިކޭޝަން އެލަވަންސް:

- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ، 4,000.00 ރުފިޔާ ނުވަތަ،

- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ، 5,000.00 ރުފިޔާ.

މަގާމުގެ ޝަރުތު:

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕުލޮމާ) ނުވަތަ ލެވެލް 6 (ޕުރޮފެޝަނަލް ސެޓުފިކެޓު/ އެޑްވާންސްޑް ޑިޕުލޮމާ/ އެސޯސިއޭޓް ޑިގުރީ/ ފައުންޑޭޝަން ޑިގުރީ) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގުރީ/ ޕުރޮފެޝަނަލް ސެޓުފިކެޓު/ ޕުރޮފެޝަނަލް ޑިޕުލޮމާ) ނުވަތަ ލެވެލް 8 (ގުރެޖުއޭޓް/ ޕޯސްޓްގުރެޖުއޭޓް ސެޓުފިކެޓު/ ގުރެޖުއޭޓް/ ޕޯސްޓް ގުރެޖުއޭޓް ޑިޕުލޮމާ/ ބެޗްލަރސް ޑިގުރީ ވިތް އޮނަރސް) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، 

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (މާސްޓަރސް ޑިގުރީ/ އެޑްވާންސްޑް ޕުރޮފެޝަނަލް ސެޓުފިކެޓު/ އެޑްވާންސްޑް ޕުރޮފެޝަނަލް ޑިޕުލޮމާ) ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:

- ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަތޮޅުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކާ،  ކައުންސިލުތަކާއެކު ބާއްވަވާ ބައްދަލުކުރެއްވުންތަކާ ގުޅޭގޮތުންނާއި، މިނޫން ގޮތްގޮތުން އަތޮޅުތަކާ ބެހޭގޮތުން ތައްޔާރު ކުރަންޖެހޭ ގަވަރނަންސް ދާއިރާއާ  ގުޅޭ މަޢުލޫމާތުތައް ތައްޔާރުކުރުން.

- ގަވަރނަންސް އަދި ނޭޝަނަލް ސެކިއުރިޓީގެ ދާއިރާއާ ގުޅުންހުރި އެންމެހާ ސިޔާސަތުތައް ތަންފީޒުކުރުމުގައި، ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ތިރީގައިވާ މަސައްކަތްތައް ކުރުން.

  • ކަމާގުޅޭ ވުޒާރާތަކުން އެކުލަވައިލައްވާފައިވާ ކަރުދާސްތައް ދިރާސާކުރުން.
  • މަޝްވަރާކުރަންޖެހޭ ކަމާބެހޭ ފަރާތްތަކާއެކު ފުރިހަމަ މަޝްވަރާތައް ކުރިއަށް ގެންދިއުން.
  • ގަވަރނަންސްގެ ދާއިރާއާ ގުޅުން ހުރި ގާނޫނުތަކާއި، ގަވާއިދުތައް ދިރާސާކޮށް، އެއާ ގުޅޭ ގޮތުން ކޮމެންޓުކުރުމާއި، ގެންނަންޖެހޭ އިސްލާހުތައް ހުށަހެޅުން.
  • މި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި، ކަނޑައެޅިފައިވާ މުއްދަތުތަކަށް ސަމާލުކަން ދިނުމާއެކު، އެންމެ އެދެވޭ ނަތީޖާ ހާސިލުކުރުމަށް މަސައްކަތްކުރުން.

- ގަވަރނަންސް އަދި ނޭޝަނަލް ސެކިއުރިޓީއާ ގުޅޭ ދާއިރާތަކަށް ސަރުކާރުން އަލަށް ތަޢާރުފުކުރާ އަދި މިހާރު ތަންފީޒުކުރަމުންދާ ސިޔާސަތުތައް، ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައަޅައިފައިވާ ލަނޑުދަނޑިތައް ހާސިލުކުރެވޭނެ ގޮތަށް ހިންގުމަށްޓަކައި ބޭނުންވާ ދިރާސާތައް، ސުޕަވައިޒަރުގެ ލަފަޔާއި މަޝްވަރާގެ މަތިން ކުރުން.

- ސެކްޝަނުން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

3. މަގާމުގެ ނަން:

ސީނިއަރ އެސޯސިއޭޓް، ޕޮލިސީ މޮނިޓަރިންގ އެންޑް އިވެލުއޭޝަން

ރޭންކް:

އެމް.އެސް. 2

އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:

ޕޮލިސީ އެންޑް މެނިފެސްޓޯ އޮފީސް

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

6,295.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް:

2,832.75 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

2,500.00 ރުފިޔާ

ކޮލިފިކޭޝަން އެލަވަންސް:

- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ، 4,000.00 ރުފިޔާ ނުވަތަ،

- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ، 5,000.00 ރުފިޔާ.

މަގާމުގެ ޝަރުތު:

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓުފިކެޓު 4) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕުލޮމާ) ނުވަތަ ލެވެލް 6 (ޕުރޮފެޝަނަލް ސެޓުފިކެޓު/ އެޑްވާންސްޑް ޑިޕުލޮމާ/ އެސޯސިއޭޓް ޑިގުރީ/ ފައުންޑޭޝަން ޑިގުރީ) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގުރީ/ ޕުރޮފެޝަނަލް ސެޓުފިކެޓު/ ޕުރޮފެޝަނަލް ޑިޕުލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ސެޓުފިކެޓު/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕުލޮމާ/ ބެޗްލަރސް ޑިގުރީ ވިތް އޮނަރސް) ގެ ސަނަދެއް ހާސިލުކޮށްފައިވުން.

- މީގެއިތުރުން، މި މަގާމަށް ހޮވުމުގައި ތިރީގައި ދަންނަވައިފައިވާ ކަންތައްތަކުގެ މަސައްކަތުގެ ތަޖުރިބާ އާއި ހުނަރު ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

  • މައިކޮރޯސޮފްޓް އެކްސެލް އަދި ޕަވަރ-ބީ.އައި. ސޮފްޓްވެއަރ.
  • ޑޭޓާ ޓްރާންސްފޮރމޭޝަން، ޑޭޓާ ވިޝުއަލައިޒޭޝަން.

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:

- ސަރުކާރުގެ ސިޔާސަތުތަކާއި ސަރުކާރުން ނިންމަވާ ނިންމެވުންތަކުގެ ތަފާސް ހިސާބު، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހޯދުމާއި، ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކުރުމަށްޓަކައި ކަނޑައަޅައިފައިވާ ތަންފީޒީ އިދާރާތަކުން ފޮނުވާ ތަފާސް ހިސާބުތައް އެނެލައިޒްކުރުމަށްޓަކައި، ސޮފްޓްވެއަރތައް ފަރުމާކުރުމަށް ބޭނުންވާނޭ އޮނިގަނޑުތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން އެކުލަވައިލުން.

- ސަރުކާރުގެ މެނިފެސްޓޯއާއި، ސަރުކާރުން ކަނޑައަޅާ ސިޔާސަތުތަކާއި، މަޝްރޫޢުތަކުގެ ޕަރފޯމަންސް ރިޕޯޓާ ގުޅޭ މަސައްކަތްތަށްކުރުމާއި، އަދި އެ ސިޔާސަތުތަކާ ގުޅޭ މަޢުލޫމާތު ޕްރޮސެސްކޮށް، އިންފޮރގްރެފިކްސް ހެދުމާއި، ޕްރެޒެންޓޭޝަން ތައްޔާރުކުރުން.

- ޕޮލިސީ އެންޑް މެނިފެސްޓޯ އޮފީހުގެ ސޯޝަލް، އިކޮނޮމިކް އަދި ގަވަރނަންސް އަދި ނޭޝަނަލް ސެކިއުރިޓީއާ ގުޅޭ މަސައްކަތްތައް ކުރައްވާ ސެކްޝަންތަކުން ސިޔާސަތު މޮނިޓަރިންގ ކުރައްވާއިރު، ބޭނުންވާ ތަފާސް ހިސާބު ބެލޭނެގޮތް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ހަމަޖައްސައިދިނުން. 

- ސަރުކާރުން އެކި އަތޮޅުތަކުގެ ރަށްތަކުގައި ކުރިއަށް ގެންދާ އެންމެހާ މަޝްރޫޢުތައް، އެއް ޕްލެޓުފޯމަކުން ބެލޭނެގޮތަށް ތައްޔާރުކުރާ ޕޯޓަލް ބެލެހެއްޓުން.

- ސަރުކާރުގެ މުއައްސަސާތަކުންނާއި އަމިއްލަ ފަރާތްތަކުން ހުށަހަޅުއްވާ މައްސަލަތަކާއި ގުޅިގެން ކުރަންޖެހޭ ދިރާސާތައްކޮށް، ކުރަންޖެހޭ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާމަތިން ކުރުން.

- ސުޕަވައިޒަރު ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުމާއި ޕޮލިސީ އެންޑް މެނިފެސްޓޯ އޮފީހުގެ އެހެނިހެން ސެކްޝަންތަކުގެ މަސައްކަތްތަކުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން. 

ހުށަހަޅަންޖެހޭ ތަކެތި:

ހ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު".

ށ. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.

ނ. ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ ("އޯ" ލެވެލް، "އޭ" ލެވެލް، އެސް.އެސް.އީ، އެޗް.އެސް.އެސް.ސީ، އެފް.ސީ.އީ، ސީ.އޭ.އީ، ސީ.ޕީ.އީ، ޑިގުރީ، މާސްޓަރސް، އެކިއެކި ޓްރޭނިންގ ކޯސްތަކުގެ ސެޓުފިކެޓުތައް). މީގެތެރެއިން     "އޯ" ލެވެލް އަދި "އޭ" ލެވެލް ސެޓުފިކެޓު ފިޔަވައި ހުރިހާ ސެޓުފިކެޓުތައް (ރާއްޖޭން ބޭރުގެ) އެކްރެޑިޓްކޮށްފައި ހުށަހެޅުއްވުން އެދެމެވެ.

ރ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ބ. ލިބިފައިވާ ސަނަދުތަކުގެ ފޮޓޯކޮޕީ.

ޅ. ސްކޫލް ލީވިންގ ސެޓުފިކެޓުގެ ފޮޓޯކޮޕީ.

ކ. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ، ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

- ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

- ޤައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމުޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަގާމަކީ މުސާރަދެވޭ މަގާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

އިތުރު މައުލޫމާތު:

މި ވަޒީފާތަކަށް ޝަރުތު ހަމަވާ މީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެ ފޯމާއެކު މަތީގައި ބަޔާންކޮށްފައިވާ ހުށަހަޅަންޖެހޭ ތަކެތި، 2025 އޮކްޓޫބަރު 13 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މި އޮފީހުގެ އީމޭލް [email protected] މެދުވެރިކޮށް ނުވަތަ މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް އީމޭލުކުރައްވާނަމަ، އެއް އީމޭލެއްގައި ހުރިހާ ޑޮކިއުމަންޓުތައް ޕީޑީއެފް ފޯމެޓުގައި ފޮނުއްވަންވާނެއެވެ. މި ވަޒީފާތަކަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުތު ހަމަވެ، ޝޯޓުލިސްޓު ކުރެވޭ މީހުންނާއެވެ. އަދި، ޝޯޓުލިސްޓުކުރުމުގައި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައި، އެ މީހުންނަށް އިސްކަންދެވޭނެއެވެ.

އަދި ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން ސާފުކޮށް އެނގޭގޮތަށްޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ https://presidency.gov.mv/ އެވެ.

07 އޮކްޓޫބަރު 2025
ހޯދާ