މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
17 ވަނަ ޤައުމީ ބާސްކެޓްބޯޅަ ލީގު (އަންހެން 2 ވަނަ ޑިވިޝަން)

މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 1 އިން 8 ނޮވެމްބަރ 2025 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 17 ވަނަ ޤައުމީ ބާސްކެޓްބޯޅަ ލީގުގެ، އަންހެން 2 ވަނަ ޑިވިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވެލައްވާ ކުލަބް/ޖަމްޢިއްޔާ ތަކުން ތިރީގައި ބަޔާންކޮށްފައިވާ ސުންގަޑިތައް ހަމަވުމުގެ ކުރިން މިއެސޯސިއޭޝަނަށް ލިޔުމަކުން އަންގަވައިދެއްވުން އެދެމެވެ.  

  • އެމް.ބީ.އޭގެ މެމްބަރ ކްލަބްތައް: 16 އޮކްޓޯބަރ 2025 (ބުރާސްފަތި)، 12:00ގެ ކުރިން
  • އެމް.ބީ.އޭގައި އަލައް މެމްބަރަކަށް ވާން އެދޭ ކްލަބްތައް: 13 އޮކްޓޯބަރ 2025 (ހޯމަ)، 12:00ގެ ކުރިން

އާ ކަލްބަތައް މުބާރާތުގައި ބައިވެރިވުމަށް އެދުމުގެ ކުރީން މި އެސޯސިއޭޝަނުގެ މެމްބަރޝިޕް ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމާއިއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއެކު މި އެސޯސިއޭޝަނުގެ މެއިލް އެޑްރެސް [email protected] އަށް ހުށަހަޅުއްވަން ވާނެއެވެ.

މިހާރު ރަޖިސްޓްރީކޮށްފައިވާ ކުލަބް/ޖަމްޢިއްޔާ ތަކުންވެސް މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާނަމަ އެކަން އަންގަވާނީ އީމެއިލް މެދުވެރިކޮށް މި އެސޯސިއޭޝަނުގެ އީމެއިލް އެޑްރެސް [email protected] އަށެވެ.

މި އިޢުލާނާއި އެކު މުބާރާތުގެ ޤަވާއިދު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

07 އޮކްޓޫބަރު 2025
ހޯދާ