ވަށަފަރު މަދަރުސާ
ދިވެހިރާއްޖެ
05 އެއަރކޮންޑިޝަން ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދަން

މިމަދަރުސާގެ 05 އެއަރކޮންޑިޝަން ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެގެން ކުރި މިމަދަރުސާގެ ނަންބަރު: GS81/IUL/2015/43ފ(12 އޮކްޓޫބަރު 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ އެ ފުރުޞަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 11:00ގެ ކުރިން މިމަދަރުސާއަށް ދުރުވެ، ނުވަތަ މިމަދަރުސާގެ ނަންބަރު:6500538 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ނޮވެންބަރު 01 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިމަދަރުސާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "އޭސީ ސަރވިސް ކުރުމާ ގުޅޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.

އަދި ދަންނަވަމެވެ. މަދަރުސާއަށް ދުރުވެ ނުވަތަ ފޯނުން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 މުޙައްރަމް 1437

20 އޮކްޓޫބަރު 2015
ހޯދާ