ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެނުއަލް އިވެންޓްއަށް ބޭނުންވާ ހޯލްއާއި އެހެނިހެން ހިދުމަތްތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި ކޯޕަރޭޝަންގެ އެނުއަލް އިވެންޓް ބޭއްވުމަށްޓަކައި ބޭނުންވާ ހޯލްއާއި އެހެނިހެން ހިދުމަތްތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން، 12 އޮކްޓޯބަރ 2025 ވާ އާދިއްތަ ދުވަހު، 10:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ބިޑަށްރަޖިސްޓަރީ ކުރެއްވުން އެދެމެވެ. އަދި ތިރީގައި މި ދަންނަވާ ތާރީޚުގައި މިކޯޕަރޭޝަނުން ހިއްސާކުރާ ލިންކު މެދުވެރިކޮށް މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްސީލް

ތަން

ސުންގަޑި

ބިޑް ރެޖިސްޓްރޭޝަން

https://forms.office.com/r/F5i1gdRy3F

ލިންކް މެދުވެރިކޮށް ރެޖިސްޓަރީ ނުކުރެވޭނަމަ، ރެޖިސްޓަރީ ކުރުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމުގެ 1 ގަޑިއިރު ކުރިން މިކޯޕަރޭޝަނަށް އެންގެވުން އެދެމެވެ.

12 އޮކްޓޯބަރ 2025 / 10:00 ގެ ކުރިން

މައުލޫމާތު ސެޝަން

މައުލޫމާތު ސެޝަން ކުރިއަށް ގެންދެވޭނީ އޮންލައިންކޮށެވެ. އަދި ރެޖިސްޓަރ ކުރާ ފަރާތްތަކާއި ސެޝަން ލިންކް، ހިއްސާކުރެވޭނެއެވެ.

12 އޮކްޓޯބަރ 2025 / 14:00

ބީލަން ހުށަހެޅުން

ފަހި ދިރިއުޅުން ކޯޕަރޭޝަން، ފަތަނގުމާގެ

20 އޮކްޓޯބަރ 2025 / 14:00

 

އަންދާސީ ހިސާބު ހުށަހެޅުއްވުމާ ގުޅޭ:

  • މި ބިޑުގައި ބައިވެރިވެވަޑައިގެންނެވޭނީ ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ރަޖިސްޓަރީކޮށްފައިވާ ކޮންމެ ފަރާތަކަށް މައުލޫމާތު ސެޝަންގައި ބައިވެރިވެވަޑައިނުގެންނެވި ނަމަވެސް ބީލަން ހުށަހެޅޭނެއެވެ.
  • ކޮންމެ ފަރާތެއްވެސް ވަޑައިގަންނަވާއިރު އެބޭފުޅެއްގެ އަމިއްލަ ގަލަމާއި ނޯޓުކަރުދާސް ގެނައުމަށް އެދެމެވެ.
  • މި ބިޑުގެ މައުލޫމާތު ކަރުދާސް ރަޖިސްޓަރީ ކުރައްވާ އީމެއިލަށް ފޮނުވޭނެއެވެ.
  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކު މި ކުންފުނީގެ ހެޑް އޮފީސް (ފަތަނގުމާގެ، ސޯސަން މަގެ، ކ.މާލެ) ގައެވެ.

މި އިއުލާނާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީ ދުވަސްދުވަހު 09:00 – 14:00 ދެމެދު މި ކޯޕަރޭޝަނަށް 3341946 އަށް ގުޅުއްވުން

 ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

07 އޮކްޓޫބަރު 2025
ހޯދާ