މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ބައިވެރިވާ ކާށިދޫ ޓީމު މެނޭޖްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން 2026 ވަނަ އަހަރު ބާއްވާ " ގޯލްޑަން ފުޓްސަލް ޗެލެންޖް 2026" ގައި ކާށިދޫ ކައުންސިލްގެ ފަރާތުން ބައިވެރިކޮށްފައިވާ ކާށިދޫ ޓީމްގެ އެންމެހާ ކަންކަން ކައުންސިލުންދޭ އިރުޝާދާއި އެއްގޮތަށް މެނޭޖްކޮށްދިނުމުގެ މަސައްކަތް ވޮލަންޓަރީކޮށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. 

      މި މަސައްކަތަށް ކުރިމަތިލެވޭނީ ކާށިދޫއަށް ނިސްބަތްވާ (ކާށިދޫ އެޑްރެސްތަކުގައި ރަޖިސްޓްރީކޮށްފައިވާ) ކްލަބް ޖަމްޢިއްޔާ ޖަމާއަތްތައް ފަދަ ތަނެއްގެ ނަމުގައެއެވެ.

    ވީމާ، ވޮލަންޓަރީކޮށް މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 13 އޮކްޓޫބަރު 2025 ވާ ހޯމަ ދުވަހުގެ 13:00 އަށް ސިޓީއަކުން ހުށަހެޅުއްވުންއެދެމެވެ. އަދި މި މަސައްކަތާއި ބެހޭ މައުލޫމާތު ކަރުދާސް މިއިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

07 އޮކްޓޫބަރު 2025
ހޯދާ