މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ މައިގްރޭންޓު ހެލްތު ސްކުރީންއަށް ބޭނުންވާ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

                      އިޢުލާން

ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަ ކުރުމުގެ ގޮތުން  ބާއްވާ މައިގްރޭންޓު ހެލްތު ސްކުރީންއަށް ބޭނުންވާ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 06 އޮކްޓޯބަރ 2025 ވާ ހޯމަ ދުވަހުން ފެށިގެން 15 އޮކްޓޯބަރ 2025 ވާ ބުދަ ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 22 އޮކްޓޯބަރ 2025 ވާ  ބުދަ ދުވަހުގެ މެންދުރު 13:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 16 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހު މެންދުރުފަސް 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

                                                         14 ރަބީޢުލްއާޙިރު 1447ހ.

                           

02 އޮކްޓޫބަރު 2025
ހޯދާ