މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރަށުތެރެ ކުނިކަހާ ސާފުކުރުމާ ގުޅޭ
އިޢުލާން
ރަށުތެރެ ކުނިކަހާ ސާފުކުރުމާ ގުޅޭ
ރ.އަތޮޅު ކައުންސިލްގެ އަރުތަ ވޮލީމުބާރާތް 2025 ، މި އޮކްޓޫބަރު މަހުގެ 13 އިން ފެށިގެން 11 ދުވަހުގެ މުއްދަތަށް އަލިފުށީ ވޮލީކޯޓުގައި ހިނގަމުންދާނެއެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވާ ރަށްރަށުގެ ޓީމުތަކާއި އެޓީމުތަކުގެ ސަޕޯޓަރުން އަލިފުއްޓަށް ޒިޔާރަތް ކުރައްވާއިރު، އެފަރާތްތަކަށް މަރުޙަބާ ދެންނެވުމުގެ ގޮތުން، ރަށުތެރެ ސާފުކޮށް ބޭއްވުމަށްޓަކައި، ރަށުގެ މަގުތަކާއި ގޯތިތަކާއި ޢާންމު މައިދާންތައް ކުނިކަހާ ސާފުކުރުމަށާއި އަދި މަގަށްނިކުމެފައިވާ ގަސްތަކުގެ ގޮފިތައް ކޮށާ ރީތިކުރުމަށާއި، މަގުމަތީގައި ބަހައްޓާފައިހުންނަ ތަކެތި ނަގާ މަގުތައް ރީތިކޮށް ބޭއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
14 ރަބީޢުލްއާޚިރު 1447
06 އޮކްޓޫބަރު 2025
ހޯދާ