ބޭންކް އޮފް މޯލްޑިވްސް ޕލކ.
ދިވެހިރާއްޖެ
ޏ. ފުވައްމުލައް 'ރޯމް' އެވެ ކިޔާ ގޯއްޗާއި އެގޯތީގައި ހިމެނޭ އެންމެހައި ޢިމާރާތްތައް ވިއްކުމާބެހޭ

"ރޯމް"، ޏ. ފުވައްމުލައް އެވެ ކިޔާ ގޯއްޗާއި އެގޯތީގައި ހިމެނޭ އެންމެހައި ޢިމާރާތްތައް ވިއްކުމާބެހޭ

ގޯތީގެ ތަފުސީލު:

ބާވަތް:             ގޯތި

ނަން:              ރޯމް

ރަޖިސްޓަރީ ނަންބަރު:    6/143

މުދަލުގެ ތަފުސީލު:      6,400 އަކަފޫޓުގެ ބަންޑާރަ ގޯއްޗެއް

ވެރިފަރާތް:           އަލްފާޟިލް އަނީސް ޒާހިރު، ރޯމް، ޏ. ފުވައްމުލައް

ރަހުނު:             އެނެސްކޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލޯނަކަށް

ރަހުނު ވިއްކާލުމުގެ ހުއްދަ: ޏ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާ ނަންބަރު 538/RIC-3/2011 އިން

ނީލަމުގެ ތަފުސީލު:

މުއްދަތު ހަމަވާ ތާރީޚު:   09 ނޮވެންބަރު 2015 ގެ މެންދުރުފަހުގެ 01:30 އަށް

ބިޑް ހުޅުވާނެ ތަން:     ސީޓްރެކްސް ބިލްޑިންގގެ 07 ވަނަ ފަންގިފިލާގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ރިކަވަރީސް ޑިޕާޓްމަންޓް

މުއްދަތު ހަމަވާ ތާރީޚާއި ހަމައަށް ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތު އެތަނަށް ހާޒިރުވެވަޑައިގެން ތިއްބެވި ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި އެންމެ މަތީ އަގު އިޢުލާން ކުރެވޭނެއެވެ.

ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު މިބޭންކުގެ ވެބްސައިޓް (www.bankofmaldives.com.mv) ގައި އިޢުލާންކުރެވި، އަތޮޅުތެރޭގެ ބްރާންޗްތަކުގެ ނޯޓިސްބޯޑުތަކުގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަން ނިންމާލެވޭނީ އެންމެ މަތީ އަގު ކަމުގައި އިޢުލާނު ކުރެވޭ އަގަށް ބަދަލެއް ނައިސް، އިޢުލާން ކުރެވޭ ތާރީޚުން ފެށިގެން 05 (ފަހެއް) ދުވަސް ވަންދެން (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) އެއް އަގެއްގައި އޮތުމުންނެވެ.

ނީލަން ނިންމުން:

ނީލަން ނިމުމުން އެންމެ މަތީ އަގު ހުށަހަޅާފައިވާ ފަރާތަކަށް އެކަން އަންގާނެއެވެ. އެފަރާތަކަށް ނީލަން ނިމުނުކަން ބޭންކުން އަންގާ ތާރީޚުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) ނުވަތަ ބޭންކުން އިތުރުކޮށްދެވޭ މުއްދަތެއްގެ ތެރޭގައި އެފަރާތަކުން ހުށަހެޅި ޖުމްލަ އަގަށްވާ ފައިސާ ބޭންކަށް ދައްކަވަންވާނެއެވެ. ނުދައްކަވައިފިނަމަ އެހުށަހެޅުން ބާޠިލު ކުރުމަށް ނުވަތަ ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން އަލުން ފެށުމުގެ ޙައްޤު ބޭންކަށް ލިބިގެންވެއެވެ.

ވަކިފަރާތަކަށް ނީލަން ނިންމުމަށް ބޭންކުން ކަނޑައަޅައިފިކަން ރަސްމީކޮށް އެފަރާތަކަށް ބޭންކުން އެންގުމުގެ ކުރިން ނީލަން ބާޠިލުކުރުމުގެ އިޚުތިޔާރު ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ލިބިގެންވާކަމުގައި ދެންނެވީމެވެ.

އަގު ހުށަހެޅުން:

ހުށަހަޅަންޖެހޭ ގޮތް: ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ހެނދުނު 09:00 އާއި މެންދުރުފަހުގެ 01:30 އާ ދެމެދު ސީޓްރެކްސް ބިލްޑިންގގެ 07 ވަނަ ފަންގިފިލާގައި ހުންނަ މިބޭންކުގެ ރިކަވަރީސް ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ގޯތި "ރޯމް، ޏ. ފުވައްމުލައް" ގަތުމަށް އެދި" މިހެން ލިޔެވިފައި އޮންނަންވާނެއެވެ.

އަމިއްލަ ފަރުދެއްނަމަ:    

-  ގުޅޭނެ ފޯނު ނަންބަރަކާއެކު، އަގު (ދިވެހިރުފިޔާއިން) ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް

-  ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ކުންފުންޏެއްކަމަ:       

-  މި ނީލަމާ ގުޅިގެން ބޭންކާ މުޢާމަލާތް ކުރައްވާނެ ފަރާތަކާ ގުޅޭނެ ފޯނު ނަންބަރަކާއެކު، އަގު (ދިވެހިރުފިޔާއިން) ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް

-  ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ

-  މި ނީލަމާ ގުޅިގެން ބޭންކާ މުޢާމަލާތް ކުރައްވާނެ ފަރާތެއް އައްޔަންކުރައްވާފައިވާ ކުންފުނީގެ ޤަރާރު

-  ކުންފުނީގެ މެމޮރެންޑަމް އަދި އާރޓިކަލް އޮފް އެސޯސިއޭޝަން

  • މީގެ އިތުރުން ނީލަމަށް ހުށަހާޅާ އަގު ދެއްކުމުގެ މާލީ ޤާބިލުކަން ހުށަހަޅާ ފަރާތުގެ ކިބައިގައި ހުރިކަން ސާބިތުކުރުމަށްޓަކައި އެންމެ ފަހުގެ ބޭންކް އެކައުންޓް ސްޓޭޓްމަންޓް (ފާއިތުވި 06 މަސްދުވަހުގެ) ހުށަހަޅަންވާނެއެވެ. މިގޮތަށް ހުށަހަޅާ އެކައުންޓް ސްޓޭޓްމަންޓް އަޕްޑޭޓްކުރެވިފައި އޮންނަންވާނީ އެންމެ ފަސްވެގެން އަގު ހުށަހަޅާ ތާރީޚުގެ 07 (ހަތެއް) ދުވަސް ކުރިއަށެވެ. އަދި މިގޮތަށް ހުށަހަޅުއްވާ އެކައުންޓް ސްޓޭޓްމަންޓް ވާންވާނީ ސީދާ އެފަރާތެއްގެ ބޭންކުން ދޫކޮށްފައިވާ އޮރިޖިނަލް އަދި އެބޭންކުގެ ރަސްމީ ތައްގަނޑު ޖަހާފައިވާ ލިޔުމަކަށެވެ. ބިޑާއެކު ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރެވިފައިނުވާނަމަ، ބިޑް ބާޠިލުކުރުމުގެ ޙައްޤު ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ލިބިގެންވާކަމުގައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް: ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ރިކަވަރީސް ޑިޕާޓްމަންޓާއި (ފޯން ނަންބަރު: 3015395 / 3015385، އީމެއިލް: [email protected]) ގުޅުއްވުން އެދެމެވެ.

ޝަރުޠު: މަތީގައި ބަޔާންކުރެވިފައިވާ ނީލަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި މަސައްކަތް ކުރައްވާ އެއްވެސް މުވައްޒަފަކަށް ނުވަތަ ބޭންކުގެ ބޯޑު ޑައިރެކްޓަރަކަށް، ނުވަތަ އެފަދަ އެއްވެސް ފަރާތެއްގެ ޢާއިލާގެ ބޭފުޅަކަށް (ޢާއިލާ މާނަކުރުމުގައި މައިންބަފައިން، ދަރިން، ފިރިން/އަނބިން، އެއްބަނޑު/ އެއްބަފާ ބޭފުޅުން، ހިމެނޭ ގޮތަށް) ނުވަތަ އެފަދަ ފަރާތެއް ހިއްސާދާރެއްގެ ގޮތުގައި ނުވަތަ ޑިރެކްޓަރެއްގެ ގޮތުގައި ހިމެނޭ ޕްރައިވެޓް ކުންފުންޏަކުން ބައިވެރިއެއް ނުވެވޭނެއެވެ. ދެންނެވިފައިވާ ބޭފުޅުން ފިޔަވައި އެންމެހާ ފަރުދުންނަށް އަދި ކުންފުނިތަކަށް މިނީލަމުގައި ބައިވެރިވެވޭނެއެވެ.

ކުރީގެ އިޢުލާންތައް: މަތީގައި ބަޔާންކުރެވިފައިވާ ގޯތި ވިއްކާލުމަށް މީގެ ކުރިން އެއްވެސް އިޢުލާނެއް ކުރެވިފައިނުވާ ވާހަކަ ދެންނެވީމެވެ.

18 އޮކްޓޫބަރު 2015
ހޯދާ