ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގެވެށި އަނިޔާގެ ޝިކާރަޔަކަށް ވާ މީހުންނަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެ 2 ފަރާތެއް ހޯދުން
އިޢުލާން
ޤާނޫނު ނަންބަރު: 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ ދަށުން ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން، 1 އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ 2 ފަރާތެއް ހޯދުމަށް މި އޮތޯރިޓީން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކު ޝާއިއު ކޮށްފައިވާ ކަރުދާހުގައި ހިމެނޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ބިޑު ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި މަސައްކަތާ ގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ، 2025 އޮކްޓޫބަރު 14 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އޮތޯރިޓީގެ [email protected] އަށް އީމެއިލް މެދުވެރިކޮށް ލިޔުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުން
- ތާރީޚު: 16 އޮކްޓޫބަރު 2025 (ބުރާސްފަތި)
- ގަޑި: މެންދުރު ކުރި 10:00 އަށް
- ތަން: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (4 ވަނަ ފަންގިފިލާ، ގ. މާގަހާ، ބުރުޒު މަގު، މާލެ)
- އިތުރު މަޢުލޫމާތު:
- ގަޑިއަށް ހާޟިރު ނުވާ ފަރާތްތައް ބިޑުގައި ބައިވެރި ނުކުރެވޭނެއެވެ.
- އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ އެންމެހާ ބޭފުޅުންގެ ކުރިމަތީގައި ސިޓީއުރަ ކަނޑައި، ހުށަހަޅާފައިވާ އަގުތައް ޙިއްޞާކުރެވޭނެއެވެ.
06 އޮކްޓޫބަރު 2025
ހޯދާ