ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
މި ޓްރައިބިއުނަލުގެ އޮފީސް ހިންގާ ގ.ފަތުރުވެހި ދެވަނަ އަދި ތިންވަނަ ފަންގިފިލާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން (ލިންކް އިސްލާޙުކުރެވިފައި)

މި ޓްރައިބިއުނަލުގެ އޮފީސް ހިންގާ ގ.ފަތުރުވެހި ދެވަނަ އަދި ތިންވަނަ ފަންގިފިލާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

މި ޓްރައިބިއުނަލުގެ އޮފީސް ހިންގާ ގ. ފަތުރުވެހި ދެވަނަ އަދި ތިންވަނަ ފަންގިފިލާ މަރާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު (IUL)200-A/200/2025/65 (03 އޮކްޓޫބަރު 2025) އިޢުލާނުގައިވާ ލިންކަށް ވަނުމުގައި ދަތިތަކެއް ދިމާވާތީ މަޢުލޫމާތު ކަރުދާސް ހިމެނޭ ލިންކު އިސްލާޙުކޮށް އަލުން ޙިއްސާކުރީމެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު (IUL)200-A/200/2025/65 (03 އޮކްޓޫބަރު 2025) އިޢުލާނުގައިވާ އެއްވެސް މަޢުލޫމާތަކަށް ބަދަލުގެނެވިފައިނުވާނެ ވާހަކަ ދަންނަވަމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ތިރީގައިވާ ލިންކު މެދުވެރިކޮށް ޑައުންލޯޑު ކުރެވޭނެވެ.

IUL 200-A 200 2025 65 Employment Tribunal Officer Renovation Work

ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނެ ގަޑިއާއި ތާރީޚާއި ތަން:

ތާރީޚު: 06 އޮކްޓޫބަރު 2025 (ހޯމަ ދުވަސް)

ގަޑި: 14:00

ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް، (ގ.ފަތުރުވެހި 3 ވަނަ ފަންގިފިލާ)

ބީލަން ބަލައިގަތުމާއި ހުޅުވުމުގެ ބައްދަލުވުން އޮންނާނެ ގަޑިއާއި ތާރީޚާއި ތަން:

ތާރީޚު: 12 އޮކްޓޫބަރު 2025 (އާދިއްތަ)

ގަޑި: 10:00

ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް، (ގ.ފަތުރުވެހި 3 ވަނަ ފަންގިފިލާ)

މި ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާހާއި ތަކެތީގެ ތަފްޞީލު މި އިޢުލާނާ އެކު އެއްހީރާސްކޮށްފައި ވާނެއެވެ. މި ބީލަމާ ގުޅިގެން މިންތައް ނެގުމަށާއި، ސައިޓް ވިޒިޓަށް ވަޑައިގަތުމަށް ބޭނުންފުޅުވާނަމަ، 09 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި ޓްރައިބިއުނަލަށް އެކަން އީމެއިލް ([email protected]) މެދުވެރިކޮށް އެންގުމުން ރަސްމީ ގަޑިތަކުގައި އެ ފުރުޞަތު ދެވޭނެއެވެ.

06 އޮކްޓޫބަރު 2025
ހޯދާ