ދިވެހިރާއްޖެ
މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތިރީގައި މިދަންނަވާ 2 ޖަނަރޭޓަރު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ގަސްދުކޮށްފީމެވެ.
# |
މޮޑެލް |
ކިލޯ ވޮޓް |
މޮޑެލް ނަންބަރު |
މިހާރުގެ ހާލަތު |
ނީލަން ފެށުމަށް ހަމަޖެހިފައިވާ އަގު |
1 |
ޑޮއިސް އެއަރ ކޫލް |
16 |
F4L1011F |
ކަރަންޓް ނަގައެއް ނުދޭ |
-/12000 ރުފިޔާ |
2 |
ޑޮއިސް އެއަރ ކޫލް |
13 |
F3L1011F |
ކަރަންޓް ނަގައެއް ނުދޭ |
-/5000 ރުފިޔާ |
ވީމާ، ނީލަމުގައި މިޖަނަރޭޓަރުތައް ބައްލައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން 20 އޮކްޓޫބަރު 2015 ވަނަ ދުވަހުން ފެށިގެން ބައްލަވައިގަންނަވަން ބޭނުންފުޅުވާ އަގު ބަޔާންކުރައްވައި ސިޓީއަކުން ހެނބަދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަގު ބަޔާންކުރައްވައި މިކައުންސިލަށް ފޮނުއްވާ ސިޓީއާއި ފެކްސް (ފެކްސް ނަންބަރު 6560018) އަދި މެއިލްވެސް ( އީ-މެއިލް އެޑްރެސް [email protected] ) ޤަބޫލު ކުރެވޭނެއެވެ. ހުށަހެޅިފައިވާ އަގަށް މަދުވެގެން އިތުރު ކުރެވޭނީ -/1000 (އެއްހާސް ރުފިޔާ) އެވެ. ހުށަހެޅިފައިވާ އެންމެމަތީ އަގު މިކައުންސިލްގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. އަދި މިޖަނަރޭޓަރާބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ ހުށަހެޅިފައިވާ އެންމެމަތީ އަގު ސާފުކުރެއްވުމަށް މިކައުންސިލްގެ ނަންބަރު 6560018 ނުވަތަ 7923100 ފޯނާ ގުޅުއްވުން އެދެމެވެ. މިނީލަމުގެ އަގު ހުށަހެޅުމުގެ ފުރުޞަތު 1 ނޮވެންބަރު 2015 ގެ ނިޔަލަށް އޮންނާނެއެވެ. ނީލަން ފެށުމަށްފަހު ޖެހިޖެހިގެން 3 ދުވަހު އެއް އަގެއް އޮވެއްޖެނަމަ، އެ އަގެއް ހުށަހެޅުއްވި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.
02 މުޙައްރަމް 1437