ދިވެހިރާއްޖެ
(IUL)337/337/2025/64 ނަންބަރު
އިޢުލާން
ކ.މާފުށީ ލޯކަލް ބީޗު ސަރަހައްދުގައިވާ މަސް ފެންގަނޑު ކުރިމަތީގައިވާ ހުސްބިން ސަރަހައްދުގައި ނަމާދުކުރާ ތަނެއް އަމިއްލަ ޚަރަދުގައި ބިނާ ކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުން
މާފުށީ ލޯކަލް ބީޗު ސަރަހައްދުގައިވާ މަސް ފެންގަނޑު ކުރިމަތީގައިވާ ހުސްބިން ސަރަހައްދުން 25 ފޫޓް 25 ފޫޓްގެ ސަރަހައްދުގައި ނަމާދުކުރާ ތަން އެޅުމަށާއި، ދެ ޖިންސުގެ ބޭފުޅުންނަށް ވުޟޫކޮށް ނަމާދު ކުރެވޭނެ ފަދަ ގޮތަކަށް ތަނެއް އަމިއްލަ ޚަރަދުގައި ބިނާ ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތަކަށް އެފުރުސަތު ހުޅުވާލަމެވެ.
ކުރަންޖެހޭ މަސައްކަތުގެ ތަފްޞީލް
- ދެ ޖިންސްގެ ބޭފުޅުންނަށް ވުޟޫކޮށް ނަމާދު ކުރެވޭނެ ތަނެއް އަމިއްލަ ޚަރަދުގައި ބިނާކުރުން.
ޝައުޤުވެރިވާ ފަރާތްތަކުން 14 އޮކްޓޫބަރު 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މެއިލް ކުރައްވާނަމަ ކުރަންވާނީ [email protected] އަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ 6640073 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
06 އޮކްޓޫބަރު 2025