މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ބޭނުންވެއްޖެ

1-       މިރަށު ބަނދަރަށް ފެން ފޯރުކޮށްދޭ ޕަންޕް ބަހައްޓާފައިވާ ތަން ބަދަލުކުރަން ބޭނުންވެއްޖެއެވެ.

2-       މިމަސައްކަތަށް ބޭނުންވާ މަޢުލޫމާތު ޝީޓު މިއިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ.

3-       މިމަސައްކަތް ކުރުމަށްފަހު ތަން ރަގަޅަށް ސާފުކޮށް އެންމެހާ ކުނިބުނި ނައްތާލަންވާނެއެވެ.

4-       ކޯޓޭޝަންގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޯޓޭޝަނާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

5-       ދައުލަތުގެ މާލިއްޔަތު ޤަވައިދުގާ ބަޔާންކުރާ ' ކްލޯޒް ރިލޭޓިވް ' ނުވަތަ ' ކްލޯޒް އެސޯސިއޭޓް' އެއްކަމަށްވާ ފަރާތެއް މިއިދާރާގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ އެކަމުގެ މަޢުލޫމާތު ކޯޓޭޝަންގައި ހިމަނަންވާނެއެވެ.

6-       ކޯޓޭޝަން ހުށަހަޅާނީ 12 އޮކްޓޫބަރ 2025 ވާ އާދީއްތަ ދުވަހު 13:00 ގެ ކުރިން މިއިދާރާއަށެވެ.

06 އޮކްޓޫބަރު 2025
ހޯދާ