ދިވެހިރާއްޖެ
އިންނަމާދޫ ސްކޫލް
ރ. އިންނަމާދޫ، ދިވެހިރާއްޖެ
ނަންބަރު:GS123/IUL/2025/09
އިޢުލާނު
|
|
މަޤާމު: |
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމުގެ ނަންބަރު: |
J-417544 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކު: |
އެމް. އެސް. 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
ސީނިއަރ އޮފިސަރ ގްރޭޑް 1 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
އިންނަމާދޫ ސްކޫލް / ރ. އިންނަމާދޫ |
މުސާރަ: |
-/5،610 ރުފިޔާ |
ސަރވިސް އެލަވަންސް: |
-/2،000 ރުފިޔާ |
އެހެނިހެން އެލަވަންސް: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ސްކޫލުގެ ބަޖެޓާއި ގުޅުންހުރި އެންމެހައި މަސައްކަތްތައް ދިވެހި ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވާޢިދުގައި ބަޔާން ކުރައްވާފައިވާ ފެންވަރަށް އަދި ކަނޑަ އަޅުއްވާފައިވާ ޑެޑް ލައިން ތަކަށް ނިންމުމާއި ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުން. 2- ސްކޫލްގެ ބަޖެޓާއި ގުޅޭގޮތުން ތައްޔާރުކުރަން ޖެހޭ ހުރިހާ ރިޕޯޓު ތަކެއް ފުރިހަމައަށް އަދި އެ ކަމަކަށް ކަނޑައަޅާފައިވާ މުއްދަތު ތަކުގައި ލަސްނުކޮށް ނިންމުމާއި، އެ ރިޕޯޓުތައް ފޮނުވަންޖެހޭ ދައުލަތުގެ އިދާރާތަކަށް ފޮނުވައި، އެ ތަންތަނަށް އެ ތަކެތި ލިބުނުތޯ ކަށަވަރު ކުރުން. 3- ސްކޫލުގެ ބަޖެޓާއި ގުޅުން ހުރި ހުރިހާ ރިޕޯޓު ތަކަކާއި، ލިޔެކިޔުން ތަކުގެ ސޮފްޓް ކޮޕީ ފައިލް ސާވަރ ގައި އަދާ ހަމަކޮށް ބެލެހެއްޓުމާއި، އެ ފަދަ ތަކެތީގެ ހާޑު ކޮޕީ ތައް ފައިލްތަކުގައި ރަނގަޅަށް އަދާ ހަމަކޮށް ފައިލް ކުރަމުން ގެންދިއުން. 4- ސްކޫލުގެ ތިޖޫރި ރިޕޯޓު، އެކައުންޓް އަދި ފަންޑުތަކުގެ ރިކޯޑުތައް ބެލެހެއްޓުމާއި، އެ ތަކެތީގެ ރިޕޯޓުތައް ތައްޔާރުކޮށް ދުވަހުން ދުވަހަށް/މަހުން މަހަށް ބަރާބަރަށް ފައިލުކޮށް ރަނގަޅަށް ބެލެހެއްޓުން. 5- ސްކޫލަށް ހޯދަން ބޭނުންވާ މުދަލާއި، ޚިދުމަތަށް ބޭނުންވާ އޯޑަރު ފޯމާއި، ކޯޓޭޝަނާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކުރުމާއި، އެތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ލަސްނުކޮށް ފޮނުވައި، އެފަދަ ލިޔެކިޔުންތަކުގެ ރިކޯޑު ބެލެހެއްޓުން. 6- ސްކޫލަށް ލިބޭ ފައިސާގެ ރަސީދު ތައްޔާރުކުރުމާއި، ބިލުތައް ބިލް އެންޓްރީއަށް އެންޓަރ ކުރުމާއި، ބިލުތަކަށް ފައިސާ ދެއްކުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ބިލުތަކަށް ބަރާބަރަށް ފައިސާ ދެއްކުން. އަދި އެފަދަ ލިޔެކިޔުންތަކުގެ ރިކޯޑު ފައިލުކޮށް ރަނގަޅަށް ބެލެހެއްޓުން. 7- ސްކޫލަށް ލިބޭ، އަދި ސްކޫލުން ދޫކުރާ ފައިސާގެ ޗެކުތަކާއި، ފައިސާގެ މުޢާމަލާތްތަކާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ވައުޗަރުތަކާއި، ލިޔެކިޔުންތަކާއި، އެތަކެތީގެ ރަޖިސްޓަރީއާއި، ޗެކުތަކުގެ ރަޖިސްޓަރީތައް ބަރާބަރަށް ލިޔެ ފުރިހަމަކޮށް، އެތަކެތީގެ ރިކޯޑު ބެލެހެއްޓުން. 8- ސްކޫލުން ބޭންކަށް ޖަމާކުރާ/ބޭންކުން ނަގާ ފައިސާއާއި، އެހެނިހެން ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކެއްކޮށް އެފަރާތްތަކަށް ފައިސާ ދެއްކުނުކަން ކަށަވަރުކުރުމާއި، އެފަދަ މުޢާމަލާތްތަކުގެ ރިކޯޑުތައް ފައިލްކޮށް ބެލެހެއްޓުން. 9- ސްކޫލުން ބާއްވާ އެކި އެކި އިންޓަރވިއު ތަކާއި، ބިޑް އިވެލުއޭޝަން، މަޢުލޫމާތު ދިނުން ފަދަ ކަންކަމުގައި ސްކޫލު އެޑްމިނިސްޓްރޭޓަރަށް އެހީތެރިކަން ފޯރުކޮށްދިނުން 10- ސްކޫލުގެ މުވައްޒަފުންގެ މުސާރައާއި އެލަވަންސް ފައިސާ މަހުންމަހަށް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، އެ މުވައްޒަފުންނަށް މުސާރަ ފައިސާ އާއި އެލަވަންސްތައް ދެވެނީ ރަނގަޅަށް އަދި މާލިއްޔަތުގެ ޤަވާޢިދާއި އެއްގޮތަށްކަން ކަށަވަރުކުރުން. 11- ސްކޫލުގައި ކުރެވޭ ކުދި މަރާމާތުތަކަށް ބޭނުންވާ ތަކެތި، މަސައްކަތްތަކަށް ދަތި ނުވާނޭ ފަދައަކުން ހޯދައިދީ އެފަދަ މަސައްކަތްތައް ކުރުމުގައި ލަސްނުކޮށް ސްކޫލަށް އެހީތެރިކަން ފޯރު ކޮށްދިނުން. 12- ސްކޫލުގެ މުވައްޒަފުންގެ މުސާރައާއި އެލަވަންސްތަކުގެ ތަފްޞީލް ސާފުވާނޭ ގޮތަށް މުސާރަ ސްލިޕްތައް ތައްޔާރުކޮށް، މަހުގެ މުސާރަޝީޓް މިނިސްޓްރީ އަށް ނުވަތަ ކަމާއި ބެހޭ އިދާރާއަށް ފޮނުވުމުގެ ކުރިން، މުވައްޒަފުންގެ ފޯލްޑަރ ތަކަށް ލުން އަދި އެއާއި ގުޅިގެން މުސާރަ ސްލިޕަށް އަންނަ ބަދަލުތައް ގެނެސް ސްލިޕްތައް އަދާހަމަކޮށްފައި ބެހެއްޓުން 13- މުވައްޒަފުންގެ އޯޓީ ޝީޓުތައް މަހުން މަހަށް އަދާހަމަކޮށް، އޯޓީ އާއި ގުޅޭ ހިސާބުތައް ރަނގަޅަށް ބަލަހައްޓަމުން ގެންދިއުން 14- ސްކޫލްގެ އެހެން މުވައްޒަފަކަށް ހަވާލުކުރެވިފައިވާކަމެއް އެމުވައްޒަފުގެ ބަދަލުގައި ކުރަން ހަވާލުކުރެވިއްޖެނަމަ އެކަމެއް ކުރަންރޭވިފާއިވާގޮތަށް، ކަނޑައެޅިފައިވާ ވަގުތަށް ފުރިހަމަކޮށް ކާމިޔާބުކަމާއެކު ނިންމުން. 15- ސްކޫލްގައި ފާހަގަކުރާދުވަސްތަކާއި މުނާސަބަތުތަކުގައި ހަވާލުކުރެވޭކަމެއް ކަނޑައެޅިފައިވާ ގަޑިއަށް ފަރުވާތެރިކަމާއެކު ކޮށްނިންމުން. އަދި މިފަދަ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކުރުމުގެ ގޮތުން ބޭއްވޭ ބައްދަލުވުން ތަކާއި ހަރަކާތްތަކާއި ޙަފްލާތަކަށް ސްކޫލުން އަންގާ ގޮތެއްގެމަތިން ހާޒިރުވުން. 16- ވަޒީފާގެ މަސްޢޫލިއްޔަތުގައި ކަނޑައެޅިފައިވާ ކަންތައްތަކުގެ އިތުރުން ވެރިޔަކު ރަސްމީ ކަމެއް ޙަވާލުކުރުމަށް ޖެހިއްޖެ ހިނދެއްގައި ޙަވާލުކުރައްވާ މަސައްކަތެއް ވީއެންމެ ފުރިހަމަޔަށް ކުރުން.
|
މަޤާމުގެ ޝަރުޠުތައް: |
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ ޙާޞިލްކޮށްފައިވުން. |
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
ޕްރިފަރޑް ޑިސިޕްލިން:
ކޯ ޑިސިޕްލިން: ނެތް - ކޯ ޑިސިޕްލިން ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާއި ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެފަރާތަކަށް ކުރައިޓީރިއާގައި ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިން އަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ. |
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
އަސާސީ ޝަރުޠު ހަމަވުން 30 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތައުލީމު 5 ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް 5 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ 5 އެސެސްމަންޓް (އިމްތިޙާން ނުވަތަ ޕްރެކްޓިކަލް) 20 އިންޓަރވިއު 35 |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 އޮކްޓޯބަރ 2025 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، އިންނަމަދޫ ސްކޫލުގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
އިންޓަރވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 19 އޮކްޓޯބަރ 2025 އާއި 23 އޮކްޓޯބަރ 2025 އާ ދެމެދުގެ ތާރީޚެއްގައި އިންނަމާދޫ ސްކޫލުގައެވެ. ވުމާއިއެކު، މި ވަޒީފާއަށް ކުރިމަތިލާފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، މި މުއްދަތުގައި އިންޓަރވިއު އަދި އިމްތިޙާނަށް ޙާޒިރުވެލެއްވުމަށް ތައްޔާރުވެލައްވައިގެން ތިއްބެވުން އެދެމެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580359 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |
14 ރަބީޢުލް އާޚިރު 1447
6 އޮކްޓޯބަރ 2025