ދިވެހިރާއްޖެ
ރ. އަތޮޅުކައުންސިލްގެ މާދުނި ޢިމާރާތް ކުއްޔަށް ދިނުމާބެހޭ
ރ. އަތޮޅު ކައުންސިލްގެ މާދުނި ޢިމާރާތް 30 މަސްދުވަހުގެ މުއްދަތަށް ކުއްޔަށްދީ ކުއްޔަށް ހިފާފަރާތަކުން އެ އިމާރާތުގައި މިހާރު ކުރަންހުރި މަރާމާތުތައް ކުރާގޮތަށް ކައުންސިލުން ނިންމާފައިފައިވާތީ މި ޢިމާރާތް 30 މަސްދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، ސުރުޚީގައި ދެންނެވިފައިވާ ޢިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 29 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މިއިދާރާގެ ޖަލްސާކުރާ މާލަމަށެވެ. އަދި މިދެންނެވި ޢިމާރާތް ކުއްޔަށް ހިފުމުގެ ޕްރޮޕޯޒަލް ހުށަހެޅުން އޮންނާނީވެސް ރ. އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި 05 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
މާދުނި ޢިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެގެން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއާއި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑުގެ ކޮޕީ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއާއި، ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑުގެ ކޮޕީ ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. މާދުނި ޢިމާރާތް ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ ޕްރޮޕޯޒަލް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި ޢިމާރާތް ކުއްޔަށް ހިފުމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " އަތޮޅުކައުންސިލްގެ މާދުނި ޢިމާރާތް ކުއްޔަށް ހިފުމުގެ ޕްރޮޕޯޒަލް " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަންބަރު ސިޓީއުރައިގެ ބޭރުގައި އޮންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580027 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
07 މުޙައްރަމް 1437