މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ސިޓީގެ ލޭންޑްޔޫޒް ޕްލޭން އަލުން އެކުލަވާލުމާ ގުޅޭ

މާލެ ސިޓީގެ ލޭންޑްޔޫޒް ޕްލޭން އަލުން އެކުލަވާލުމަށް، މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 207 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި )ނިންމުން ނަންބަރު: (NINMUN)425-CB/425/2025/92) ނިންމުމާއި ގުޅިގެން ދަންނަވަމެވެ.

މާލެ ސިޓީ ކައުންސިލުން މާލެ ސިޓީގެ ލޭންޑްޔޫޒް ޕްލޭން ރިވައިޒް ކުރުން ނިންމާފައިވުމާއި އެކު، މިކަމާ ގުޅިގެން ބާއްވާ ފުރަތަމަ ޕަބްލިކް ކޮންސަލްޓޭޝަން ބައްދަލުވުމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަކީ މާލެ ސިޓީ ކައުންސިލްގެ އެދުމެކެވެ. މިގޮތުން، އެން.ޖީ.އޯ، ސީ.އެސް.އޯ ތަކާއި، މިކަމަށް ޝައުގުވެރިވެލައްވާ އަމިއްލަ ފަރާތްތަކުން މި ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް އެދެމެވެ.

މިހާރު އެކުލަވާލެވޭ ލޭންޑްޔޫޒް ޕްލޭންއަކީ ކުރުރާސްތާ އަދި މެދުރާސްތާ އަށް އަމާޒުކޮށް ތައްޔާރުކުރެވޭ ޕްލޭންއެކެވެ. މީގެ އިތުރުން، ދިގު މުއްދަތަށް މާލެ ސިޓީގެ ތަރައްޤީގެ ޕްލޭނެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 12 އޮކްޓޯބަރު 2025 ވާ އާދިއްތަ ދުވަހުގެ ހެނދުނު 08:45 އިން ހަވީރު 16:00 އަށް، މާލެ ސިޓީ ކައުންސިލް ހޯލް (ބޮޑުތަކުރުފާނު މަގު) ގައެވެ.

މި ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި މިވާ ލިންކު މެދުވެރިކޮށް، 08 އޮކްޓޯބަރު 2025 ވާ ބުދަ ދުވަހުގެ ކުރިން ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ރަޖިސްޓަރީ ކުރުމުގައި އެއްވެސް ދަތިކަމެއް ދިމާވެއްޖެނަމަ 3001656 އަށް ގުޅުއްވުން އެދެމެވެ.

ލިންކްhttps://docs.google.com/forms/d/e/1FAIpQLSeWvKxw-266emSLaxIzHflmgjxRAdjybX_wD_qmOkOfkZd3Tg/viewform?usp=sharing&ouid=101759613469297690949

                                                      14 ރަބީޢުލްއާޚިރު 1447

06 އޮކްޓޫބަރު 2025
ހޯދާ